ދިރާގު

ހަތަރުވަނަ ކުއާޓަރުގައި ދިރާގަށް ބޮޑު ފައިދާއެއް

Jan 31, 2016
1
  • އާމްދަނީގެ ގޮތު 601 މިލިއަން ރުފިޔާ ލިބުނު
  • ތިންވަނަ ކުއާޓަރުގައި ސާފު ފައިދާ 194 މިލިއަން ރުފިޔާ

މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ދިރާގަށް ބޮޑު ފައިދާއެއް ލިބިއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި، ދިރާގުން ނެރެފައިވާ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން މި ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 162 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މި ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވަނީ 601 މިލިއަން ރުފިޔާ އެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން އާމްދަނީގެ ގޮތުގައި 189 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މުޅިރާއްޖެއަށް ފޯނުގެ ހިދުމަތް ދެމުން ގެންދާ ދިރާގަށް މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ވެސް 194 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ.