ތަރިކަ

ސަގާފީ ތަރިކަތައް ދެނެގަތުމަށް މިނިސްޓަރު ޔުމްނާ ހދ. އަތޮޅަށް

Mar 11, 2023
2

ދިވެހި ސަގާފަތާ އާދަކާދަ ރައްކާތެރި ކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން ހދ. ކުޅުދުއްފުށްޓަށް ވަޑައިގެންފި އެވެ.

މިނިސްޓަރު ޔުމްނާގެ ދަތުރުފުޅުގައި ކުޅުދުއްފުށީ އަމިއްލަ ފަރާތަކުން "ރަށްވެހި އާސާރު"ގެ ނަމުގައި ހިންގާ މިއުޒިއަމަކަށް ޒިޔާރަތް ކުރައްވާ އެތަނުގައި ހުރި ތަކެތި ބައްލަވާލެއްވި އެވެ.

މިތަނުގައި ގަރުނަކަށްވުރެ ގިނަ ދުވަސްވީ ތަކެތި ހުރި 170 އަށް ވުރެ ގިނަ އާސާރީ ތަކެތި ރައްކާކޮށްފައިވެ އެވެ.

މިނިސްޓަރުގެ މިދަތުރުފުޅުގައި ވަނީ ހދ. އަތޮޅު ކައުންސިލް މެންބަރުންނާ ވެސް ބައްދަލުކުރައްވާފަ އެވެ.

މިނިސްޓަރުގެ މިދަތުރުފުޅުގައި ހދ. މަކުނުދޫ، ވައިކަރަދޫ، ނޮޅިވަރަންފަރު، ނޭކުރެންދޫ އަދި ނޮޅިވަރަމަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ. އަދި މިރަށްތަކުގެ ކައުންސިލަރުންނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.