ލެ ޕާފިއުމް

ތަފާތު ބްރޭންޑްތަކާއެކު ލެ ޕާފިއުމްއިން އާ ފިހާރައެއް ހުޅުވައިފި

ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ދުނިޔޭގެ ނަން މަޝްހޫރު އެކި ބްރޭންޑްތަކުގެ ސެންޓުތައް ވިއްކަމުން އަންނަ "ލެ ޕާފިއުމް" މުޅިން އާ ސެންޓުތަކަކާއިއެކު އައުޓްލެޓެއް ހުޅުވައިފި އެވެ.

ލެ ޕާފިއުމްގެ މި އައުޓްލެޓް ހުޅުވާފައި މިވަނީ ކުރިން ހިންގަމުން ދިޔަ އައުޓްލެޓް ބަންދުކުރުމަށްފަހު އެވެ. ލެ ޕާފިއުމްގެ އާ އައުޓްލެޓް ހުންނާނީ މަޖީދީމަގު ހެންވޭރު ދަނޑު ކުރިމަތީގަ އެވެ.

ގިނަ އަދަދެއްގެ ސެންޓުތަކަކާއިއެކު ހުޅުވި ލެ ޕާފިއުމްގެ އާ އައުޓްލެޓުން ކަސްޓަމަރުންނަށް ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ސެންޓުތަކުގެ ތެރެއިން ސެންޓެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.

ލެ ޕާފިއުމްއިން ލިބޭ ބްރޭންޑްތަކުގެ ތެރޭގައި މޮންޓް ބްލޯންކް، ޗެނެލް، ގޫޗީ، ވަސާޗީ، ސީކޭ، ރޮބާޓޯ ކަވާލީ، ލަކާސްޓް ގެ އިތުރުން ހިއުގޯ ބޯސް ހިމެނެ އެވެ.

ޑިޒައިނާ ސެންޓުގެ އިތުރުން މޭކްއަޕްގެ އެކި ވައްތަރުތައްވެސް ލެ ޕާފިއުމްއިން ލިބޭނެ އެވެ. އެގޮތުން ބްލެކް އަޕްގެ ތަފާތު މޭކަޕްގެ ވައްތަރުތައް އެ ފިހާރައިގައި އެބަ ހުއްޓެވެ.

ލެ ޕާފިއުމްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނަސަމް ސައީދު ވިދާޅުވީ ލެ ޕާފިއުމްއަކީ ކަސްޓަމަރުންގެ އިތުބާރާއި ޔަގީންކަން ހޯދާފައިވާ ފިހާރައެއް ކަމަށެވެ.

"ލެ ޕާފިއުމްއިން އެވެއިލެބަލްވާނެ ދުނިޔޭގެ މަޝްހޫރު ޑިޒައިނާ ގިނަ ބްރޭންޑްތަކުގެ ޕާފިއުމްސްތައް،" ނަސަމް ވިދާޅުވި އެވެ.

ލެ ޕާފިއުމްގެ އާ ފިހަރާއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވީ ރާއްޖޭގައި ސެންޓު ވިއްކާ ފިހާރަތަކުގެ ތެރެއިން ލެ ޕާފިއުމްއަކީ ވަރަށް ރަނގަޅު ވަރަށް ކޮލިޓި އަދި ދުވަހަކުވެސް މައްސަލައެއް ނުޖެހޭ، ބްރޭންޑެޑް ސެންޓު ވިއްކާ ފިހާރައެއް ކަމަށެވެ.

"މިއަދު ލެ ޕާފިއުމްގެ އާ އައުޓްލެޓެއް ހުޅުވިގެން ދާއިރު ކަސްޓަމަރުންނަށް ފަސޭހައިން ޕާކް ކުރެވޭނެ ސަރަހައްދެއްގައި ފިހާރަ ހުޅުވިގެން ދިޔުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު ލުޔެއް،" ނިހާދު ވިދާޅުވި އެވެ.

ރާއްޖޭގެ މަޝްހޫރު ލަވަ ކިޔުތެރިޔާ އަހުމަދު އިބްރާހިމް (އަންމަޑޭ) ވިދާޅުވީ ފިހާރައެއްގަ ގިނަ އަދި ތަފާތު ތަކެތި ވިއްކުމަކީ އެންމެ ރަނގަޅު އެއް ކަންތައް ކަމަށެވެ. އަދި ލެ ޕާފިއުމް ފިހާރައިން މިކަން ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ލެ ޕާފިއުމްގެ އެމްޑީ ނަސަމްގެ އުންމީދަކީ ކުރިއަށް އޮތްތާ ލެ ޕާފިއުމްގެ އިތުރު އައުޓްލެޓްތަކެއް މާލޭގެ އިތުރުން ހުޅުމާލޭގައި ހުޅުވުމެވެ. ލެ ޕާފިއުމްއިން އަންނަނީ މިހާރުވެސް އެ ފިހާރައިގެ ޕްރޮޑަކްޓްތައް މާލޭގެ އިތުރުން އަތޮޅުތެރެއަށްވެސް ޑެލިވާ ކޮށްދެމުންނެވެ.

ލެ ޕާފިއުމްއިން ސެންޓަށް އޯޑަރު ކުރުމަށް އެ ފިހާރައިގެ ހޮޓްލައިން ނަމްބަރު 7676067 އަށް ގުޅާލުމުން ހަމަޖެހޭނެ އެވެ.