ޓައިވާނާ އެކު ގުޅުން ދެމެހެއްޓެވުމަށް ވުރެ ޗައިނާއާ އެކު ޑިޕްލޮމެޓިކް ގުޅުން ދެމެހެއްޓުން މުހިންމު ކަމަށް ހޮންޑިއުރަސްގެ ރައީސް ޝިއޮމާރާ ކާސްޓްތްރޯ ވިދާޅުވެއްޖެ އެވެ.
ޝިިއޮމާރާ ކާސްތްރޯ ވިދާޅުވި ގޮތުގައި ދެން އޮތް ސަފުހާތައް އެއްލަވާނީ ޗައިނާއާ އެކު އެވެ.
ޗައިނާއާ އެކު ގުޅުން ބަދަހިކުރުމަށް މަގުފަހިކުރުމުގެ ގޮތުން ރަސްމީ ޗެެނަލްތައް ހުޅުވާލެއްވުމަށް ފޮރިން މިނިސްޓަރު އިޑުއޭޑޯ ރީނާއަށް އަންގަވާފައި ވާނެ ކަމަށްވެސް ހޮންޑިއުރަސްގެ ރައީސް ވިދާޅުވި އެވެ.
ހޮންޑިއުރަސް ހަމަ ހަގީގަތުގައި ވެސް ޗައިނާ އާއެކު ރަސްމީ ގޮތުން ސިޔާސީ ގުޅުން ބަދަހިކުރަން އެދޭނަމަ ޓައިވާނާ ގުޅުން ކަނޑާލަން މަޖުބޫރުވާނެ އެވެ. ސަބަބަކީ ޓައިވާން ގައުމެއް ގޮތުގައި ބަލައިގަންނަ އެއްވެސް ގައުމަކާ އެކު ޗައިނާ ސިޔާސީ ގުޅުން ބަދަހިނުކުރާތީ އެވެ.
މި ޚަބަރާ ބެހޭ ގޮތުން ޓައިވާނުން އަދި ރަސްމީ ބަހެއް ނުބުނެ އެވެ. އެހެންނަމަވެސް، ޓައިވާންގެ ފޮރިން މިނިސްޓްރީއަށް މިކަން އެނގިފައި އޮތް ކަމަށް ޚަބަރު ލިބެ އެވެ.
ޓައިވާން އަސްކަރީ ގޮތުން ބާރުވެރި ކުރުވަން އެމެރިކާ ކުރަމުން ގެންދާ މަސައްކަތްތަކަށް އެ ގޮތުގައި ދެމި އޮތް ނަމަވެސް، ޗައިނާ އާއެކު ގުޅުން ބަދަހިކުރާ ގައުމުތައް ވަނީ ގިނަ އެވެ. އަދި އެމެރިކާގެ ނުފޫޒަށް ނުގުޑާ ގައުމުތައް ވެސް ޗައިނާއާ އެއްކޮޅަށް އަރައި ވަނީ ހަމަޖެހުން ދަމަހައްޓާފާ އެވެ.