ޗަމްޕާ މުހައްމަދު މޫސާ

ރައީސްގެ މަންދޫބުން އުއްޗު އަރިހަށް

Mar 20, 2023
1

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ މަންދޫބުން ރާއްޖޭގެ އެންމެ ވަރުގަދަ ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)އާ ބައްދަލުކުރައްވައިފި އެވެ.

އުއްޗުއާ ބައްދަލުކުރެއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާއި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒުގެ އިތުރުން ދުވާފަރު ދާއިރާގެ މެންބަރުން އިސްމާއީލް އަހްމަދު އެވެ.

މިބައްދަަލުވުން ކުރިއަށް ގެންދިޔައީ އުއްޗުގެ ރިސޯޓު -- ކުރެއްދޫ އައިލެންޑް ރިސޯޓުގަ އެވެ. މިބައްދަލުވުމާ ގުޅޭ އެއްވެސް މައުލޫމާތެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ދުވަސްވަރު އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އުއްޗުއާ ބައްދަލުކުރެއްވި އެވެ.

ރާއްޖޭގެ ސިޔާސީ ބޭފުޅުން އުއްޗުއާ ބައްދަލުކުރައްވާ އެކި ކަންކަމުގައި އެހީތެރިކަން ހޯއްދެވުމަކީ ސިއްރާއި ފާޅުގައި ހިނގަމުންދާ ކަމެކެވެ.