ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލިއްޖެ އެވެ.
މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިތަދޫ އުތުރު ދާއިރާއަށް ހަތް ކެންޑިޑޭޓުން ވާދަކުރެއްވި އެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ސިނާން އެވެ.
އަސްލަމް ވަނީ ރައްޔިތުންގެ މަޖިލީހުގައި ހަތަރު ދައުރު ފުރިހަމަ ކުރައްވާފަ އެވެ. އަސްލަމަކީ މަޖިލީހުގައި މިވަގުތު ތިއްބެވި އެންމެ ގިނަ ދުވަސްވީ އެއް މެންބަރެވެ.