ހަބަރު

ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ފުލުހުން ގަމު ކައުންސިލް އިދާރާ ފާސްކުރަން ފަށައިފި

Jan 24, 2015
1

ކޮރަޕްޝަންގެ މައްސަލައަކާއި ގުޅިގެން ފުލުހުން ލ. ގަމު ކައުންސިލް އިދާރާއަށް ވަދެ ފާސް ކުރަން ފަށައިފި އެވެ.

"އަވަސް" އަށް މައުލޫމާތުު ދެއްވަމުން ގަމު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ނާފިޒް ވިދާޅުވީ ފުލުހުން އެ ކައުންސިލަށް ވަދެފައި ވަނީ މިއަދު މެންދުރު 12:00 ހާއިރު ކަމަށެވެ. އަދި ވިދާޅުވީ ފުލުހުން ވަދެފައި ވަނީ ގޯތި ބެހުމާއި ގުޅޭ މައްސަލައެއްގައި ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.