ލައިފްސްޓައިލް

ކުޑަ ކުއްޖެއް ކިނބުލެއް ބުރަކައްޓަށް ލައިގެންދާ މަންޒަރު ވަރަށް ބިރުވެރި

ކުޑަކުދިން އެކިއެކި މަޖާ ކުޅިވަރުތައް ކުޅެ އުޅޭތަން އަހަރެމެން ދެކެމު އެވެ. ބައިސްކަލް ދުއްވުން، މަޑިއެރުވުން، ޖަނަވާރާ ކުޅުން ފަދަ ކަންކަމުގައި އެކުދިން ހިތް އުފާ ކުރާތަން ފެނުނަސް އެއް އިސްކޮޅުވަރުގެ ބޮޑު ކިނބުލެއް ބުރަކަށިމަތީ ބާއްވައިގެން އުޅޭ ކުއްޖެއް ދުށީން ހެއްޔެވެ؟ އެވެސް އެއްވެސް ބިރުވެރިކަމެއް ހާސްކަމެއް ނެތި އެވެ.

މިހާރު އިންޓަނެޓުގައި އެންމެ ގަދަޔަށް ވައިރަލް ވެގެން އުޅެނީ މި ވީޑީއޯ އެވެ. މި ވީޑީއޯ ބަލާފައި ގިނަ ބަޔަކު ބިރުން ގޮސް ހަލާކުވާވަރު ވީކަމަށް ބުނެ ކޮމެންޓް ކޮށްފައި ވެއެވެ.

ހާއްސަކޮށް ކިނބޫ ކަހަލަ އިންސާނުން ރޮލާ ކާ ޖަނަވާރެއް ބުރަކައްޓަށް ލައިގެން މިހާ ކުޑަ ކުއްޖަކު އުޅޭތަން ފެނުމުން ބައެއް މީހުން ސިކުނޑި ސުމަކަށް ދިޔަ އެވެ.

މި ކުއްޖާ އަކީ ކިނބޫ ވަރަށް ގިނައިން އުޅޭ ފެންގަނޑަކަށް ވަރަށް ކުޑައިރުއްސުރެ އެރި އުޅެ އެސޮރުމެންނާއެކު ފަތާ އުޅޭ ކުއްޖެކެވެ. އަދި މި ކިނބުލަކީ ކުއްޖާގެ ހާއްސަ އެކުވެރިއެކެވެ.

މި ވީޑީއޯ ޝެއާ ކޮށްފައިވަނީ ބިލާލް އަހުމަދު ކިޔާ މީހަކު އަރަބި ބަހުންނެވެ. އެހެންކަމުން މިއީ އަރަބި ބަހުން ވާހަކަ ދައްކާ ގައުމެއްގެ ކުއްޖެއް ކަމަށް ލަފާ ކުރެވެ އެވެ.

ނަމަވެސް މިއީ ކޮން ގައުމެއްގެ ކުއްޖެއް ކަމާއި މި ކުއްޖާ އެ ކިނބޫ ބުރަކަށީގައި ބާއްވައިގެން އުޅޭ ސަބަބެއް ނޭނގެ އެވެ.