ލައިފްސްޓައިލް

އެއް ގެއެއްގައި އެއް އާއިލާގެ ފަސް ޖީލުގެ ފިރިހެނުން

އެއް ގެއެއްގައި އެއް އާއިލާއެއްގެ ފަސް ޖީލެއްގެ މީހުން ދިރިއުޅޭތަން ފެނުމަކީ ވަރަށް މަދުން ނޫނީ ކުރެވޭނެ ތަޖުރިބާއެއް ނޫނެވެ. މިހާރު ވައިރަލް ވެގެން އުޅޭ އެއް ވީޑީއޯ އަކީ މިފަދަ އާއިލާއެއްގެ ވީޑީއޯ އެކެވެ.

މި ވީޑީއޯގައި ދައްކާ ގޮތުން އެ އާއިލާގެ ހޫރުކާފަ، މުނިކާފަ، ކާފަ، ބައްޕަ އަދި ފިރިހެން ދަރިފުޅު އެބަ ތިއްބެވެ.

ވީޑީއޯގައި ފެންނަނީ މި އާއިލާގެ އެންމެ ހަގު ފިިރިހެން ކުއްޖާ އޭނާގެ ބައްޕަައަށް "ބައްޕާއޭ" ކިޔާފައި ގޮވާލުމުން އެމީހާ އަންނަ ތަނެވެ. އެމީހާ އައިސް އޭނާގެ ބައްޕައަށް ގޮވަ އެވެ. އެހިސާބުން އޭނާގެ ބައްޕަ އާދެ އެވެ. މިއީ ކުޑަ ކުއްޖާގެ ކާފަ އެވެ. މި މީހާ އައިސް "ބައްޕާއޭ" ކިޔާފައި ގޮވާލުމުން ދެން އަންނަނީ ކުއްޖާގެ މުނިކާފަ އެވެ. މުނިކާފަ އައިސް ބައްޕާއޭ ގޮވާލުމުން ކުއްޖާގެ ހޫރުކާފަ އާދެ އެވެ.

އެންމެން ސަފަކަށް އެތުރުމާއެކު އާއިލާގެ އެންމެން ވަރަށް ހީނ މަޖާ ކުރެ އެވެ.

"ކޮން ފަދަ މުއުޖިޒާތެއް ފަދަ ކަމެއް. ފަސް ޖީލެއްގެ ފިރިހެނުން އެއް ކޮޓަރިއެއްގައި. ތިޔަ އާއިލާއަށް ރަހުމަތް ލައްވާށި،" މި ވީޑީއޯ އަށް ކޮމެންޓުކުރި މީހަކު ބުނެފައި ވެއެވެ.

ވީޑީއޯ ބެލި މީހަކު ފާހަގަކުރި ގޮތުގައި ފަސް ޖެނެރޭޝަނެއްގެ މީހުން ދުނިޔޭގައި ތިބޭނީ ދޮއްޓަށް ތިބި މީހުން ވަރަށް ޅަ އުމުރުގައި ކައިވެނިކޮށްގެން ދަރިން ހޯދީމަ ކަމަށެވެ. ނަމަވެސް އޭނާ ފާހަގަކުރި އަނެއް ކަމަކީ ޖަޕާން ފަދަ ގައުމުތަކުގައި ވަރަށް އުމުރު ދިގު މީހުން ދިރިއުޅޭ ކަމެވެ.

މި ފަސް ޖީލުގެ އާއިލާގެ އެންމެ ދޮށީ ހޫރުކާފަގެ އުމުރު އުޅެނީ 90ގެ އަހަރު ތަކުގަ އެވެ.