ލައިފްސްޓައިލް

ސްޕޭނުގެ ކްރައުން ޕްރިންސަސް އަށް ވެސް މިލިޓަރީ ތަމްރީނު ހަދަން ޖެހޭ

ސްޕޭނުގެ ކްރައުން ޕްރިންސަސް ލިއޯނޯ
0%
0%
0%

ސްޕެއިންގެ ކްރައުން ޕްރިންސަސް ލިއޯނޯ އަކީ ވަރަށް މަޝްހޫޜު އަންހެން ބޭފުޅެކެވެ. އެކަމަނާގެ ރީތިކަމާއި ޒުވާންކަމުގެ އިތުރުން ސްޕޭނުގެ ރާނީ އަކަށް ދެން ވެވަޑައިގަންނަވާނީ އެކަމަނާ އަށް ވާތީ އެވެ.

މިހާރުއްސުރެ ޕްރިންސަސް ލިއޯނޯ ވަނީ ސްޕޭނުގެ ހެޑް އޮފް ސްޓޭޓް ކަމާ ހަވާލުވެ ވަޑައިގަތުމުގެ ގޮތުން ވެވަޑައިގަންނަވަން ޖެހޭ ތައްޔާރީތައް ފައްޓަވާފަ އެވެ. އެގޮތުން ވަރަށް އަވަހަށް އެކަމަނާ ތިން އަހަރުގެ މިލިޓަރީ ތަމްރީނުތައް ފައްޓަވާނެ ކަމަށް ސްޕޭނުގެ ޑިފެންސް މިނިސްޓަރު މާގަރީޓާ ރޮބްލްސް އަންގާރަ ދުވަހު ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ވަނީ ވިދާޅުވެފަ އެވެ.

ސީއެންއެންގައިވާ ޚަބަރެއްގައި އެކަމަނާއާ ހަވާލާދީ ބުނެފައިވާ ގޮތުގައި ޕްރިންސަސް ލީއޯނޯ މިލިޓަރީ ތަމްރީނުތައް ހަދަން ކެބިނެޓުން މިހާރު ވަނީ ހުއްދަ ދީފަ އެވެ.

އުމުރުން 17 އަހަރުގެ ޕްރިންސަސް ލިއޯނޯ އަކީ ސްޕޭނުގެ ރަސްގެފާނު ކިންގް ފެލިޕް 4ގެ ދެ ދަރިކަނބަލުންގެ ތެރެއިން ދޮށީ ދަރިކަނބަލުންނެވެ. އެހެންވެ އެކަމަނާގެ ބައްޕާފުޅަށްފަހު ސްޕޭނުގެ ރަސްކަމުގެ ތަޚުތުގައި ރެނދަލިކުރައްވާނީ ޕްރިންސަސް ލިއޯނޯ އެވެ.

ޕްރިންސަސް ލިއޯނޯގެ މިލިޓަރީ ތަމްރީނުތައް ތިން އަހަރަށް ދެމިގެން ދާއިރު އާމީ، ނޭވީ އަދި އެއާފޯސްގެ ތެރެއިން ކޮންމެ ތަނެއްގައި އެއް އަހަރު ދުވަހު އެކަމަނާ ތަމްރީނު ހައްދަވަން ވަނީ ހަމަޖެހިފަ އެވެ. އެކަމަނާގެ ބައްޕާފުޅު ވެސް ރަސްކަމަށް ވަޑައިގަތުމުގެ ކުރިން މި ތަމްރީނުތައް ހައްދަވާފައި ވެއެވެ.

ލިއޯނޯގެ މިލިޓަރީ ތަމްރީނުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް ނޫނީ ސެޕްޓެމްބަރު ހިސާބުގަ އެވެ. އެކަމަނާ މިހާރު ކިޔަވާ ވިދާޅުވަމުން ގެންދަނީ ވޭލްސްގެ ޔޫޑަބްލިޔުސީ އެޓްލާނިކް ކޮލެޖުގަ އެވެ. އެއީ ވަރަށް ގިނަ ގައުމުތަކުގެ ޝާހީ ބޭފުޅުން ކިޔަވާ ވިދާޅުވާ ކޮލެޖެކެވެ.

މިލިޓަރީ ތަމްރީނުތައް ނިމުމަށްފަހު ލިއޯނޯ ބޭނުންފުޅުނަމަ ޔުނިވަސިޓީ ޑިގްރީ ފުރިހަމަ ކުރެއްވޭނެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910