ދިރާގު

ރޯދަ މަހުގެ ކެމްޕޭން ދިރާގުން ހާއްސަކުރީ މަންމައިންގެ އަގު ވަޒަންކުރަން

Mar 25, 2023

ކޮންމެ އަހަރަކުވެސް ދިރާގުން ދަނީ ރޯދަ މަހާ ގުޅުވައިގެން ހާއްސަ ޝިޔާރެއްގެ މައްޗަށް ބިނާކޮށް ޕްރޮމޯޝަންތަކަކާއި ހަރާކަތްތަކެއް ތައާރަފްކުރަމުންނެވެ.

މިގޮތުން އެ ކުންފުނީގެ މިއަހަރުގެ ރޯދަ މަހުގެ ކެމްޕޭން ހާއްސަ ކުރެވިފައިވަނީ މަންމައިންނަށާއި މަންމަގެ އަގު ވަޒަންކޮށް މަންމައާއެކު އޮންނަ ގުޅުން ބަދަހި ކުރުމަށެވެ.

މި ޝިޔާރުގެ ދަށުން އެކުންފުނިން ވަނީ ހާއްސަ ކުރު ފިލްމެއްވެސް ތައާރަފްކޮށްފަ އެވެ.

"ލޯބި" ނަމަކަށް ކިޔާ މި ކުރު ފިލްމުން ދައްކުވައިދެނީ ލޯ އަނދިރި ކުއްޖަކާއި އޭނާގެ ދައްތަ އެދެބެއިންގެ މަންމަގެ ކަރާ ފަނި ރެސިޕީ ހަމަ އެ ރަހައަށް ހެދުމަށް ކުރާ މަސައްކަތެވެ. އއ. ތޮއްޑޫއިން މަންމަ މާލެއަށް ގޮސްފައިވަނިކޮށް، މަންމަ ހަދާ ހަމަ އެ މީރު ކަރާ ފަނި އެގޮތަށް ހެދުމަށް އެކި ގޮތްގޮތަށް މަސައްކަތް ކުރެއެވެ. ނަމަވެސް މަންމަގެ އެ ކަރާ ފަނީގެ ރަހައެއް އެކުދިންނަކަށް ނުގެނެއެވެ.

މި ފިލްމުން ދައްކުވައިދެނީ އެތައް މީހަކު އެކި ކަންތައް ކޮށްދިނަސް މަންމަ ކޮށްދޭހާ ފުރިހަމަކޮށް ނުވަތަ އެގޮތަށް އެ ލޯތްބާއެކު ނުކުރެވޭނެކަމެވެ. އެހެން ކަމުން ހާއްސަކޮށް މި ބަރާކަތްތެރި ރޯދަ މަހުގައި މަންމަގެ އަގު ވަޒަން ކުރުމަށާއި އޭގެ މުހިންމުކަންވެސް ފާހަގަކުރެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަނީ އެކުންފުނީގެ އެކި އިޝްތިހާރުތަކާއި ކެމްޕެއިންތައް މެދުވެރިކޮށް ތަފާތު މުހިންމު އިޖުތިމާއީ މެސެޖްތައް އާންމުންނާއި ހަމައަށް ގެނެސްދިނުމަށެވެ.