މޯލްޑިވްސް ޕޮލިސް ސާވިސް

އޮފީހެއް ފަޅާލައި ހަތްލައްކަ ރުފިޔާ ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

Mar 28, 2023

މާލޭގައި ހިންގަމުންދާ އަމިއްލަ އޮފީހެއް ފަޅާލައި ހަތްލައްކަ ރުފިޔާ ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ މި މައްސަލަ އެ އިދާރާއަށް ރިޕޯޓް ކުރީ މިމަހުގެ 23 ވަނަ ދުވަހު އެވެ.

ހެންވޭރު ގެއެއްގެ ފުރަތަމަ ފަންގިފިލާގައި ހިންގަމުން ދިޔަ އޮފީސް ފަޅާލުމުގެ ތުހުމަތުގައި 43 އަހަރުގެ ދިވެހި ފިރިހެނަކު މިއަދުގެ ވަގުތެއްގައި ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ މި މީހާ ދިރިއުޅުނު ތަން ބަލައި ފާސްކުރިއިރު ފަސްލައްކަ އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށެވެ.

ފުލުހުންގެ ސީރިއަސް އަދި އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.