ގުޅިފަޅު

ގުޅީފަޅު ހިއްކުމުގެ މަސައްކަތް އޭޕްރީލްގައި ފަށަނީ

ގުޅިފަޅު އަދި ތިލަފުށި ފަޅު ހިމެނޭ ސަރަހައްދު -- ފޮޓޯ: މުހައްމަދު ޒައިން އިބްރާހީމް | އަވަސް
0%
0%
0%

ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ގުޅީފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫ އޭޕްރީލް މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ބޮސްކާލިސް ކުންފުނިން މިހާރު ވަނީ ގުޅީފަޅު މޮބިލައިޒްކޮށް ބިން ހިއްކުމަށް ބޭނުންވާ ތައްޔާރީތައް ފަށާފަ އެވެ.

ގުޅީފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 150 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމަށް ހަމަޖެހިފައިވެ އެވެ. މި ޕްރޮޖެކްޓް ބޮސްކާލިސްއާއި ހަވާލުކޮށްފާ ވަނީ 120 މިލިއަން ޔޫރޯ -- ދެ ބިލިއަން ރުފިޔާ އަށެވެ.

ގުޅީފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމަށް ނިންމާފައިވަނީ މާލޭގައި ހިންގަމުންދާ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރުގެ ހިދުމަތް ގުޅީފަޅަށް ބަދަލުކުރަން ނިންމާފައިވާތީ ގުޅީފަޅުގައި ތަރައްގީކުރާ ސަރަހައްދީ ވިޔަފާރި ބަނދަރުގެ މަސައްކަތަށެވެ. އެތަނުން މީހުން ދިރިއުޅުމަށް ގޯތިވެސް ދޭނެ އެވެ.

ބޮސްކާލިސް ކުންފުނިން ބުނި ގޮތުގައި ބިން ހިއްކުމަށް ގާތްގަނޑަކަށް 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި ބޭނުންވާނެ އެވެ. ނަމަވެސް ހިއްކާ ބިން ހިމާޔަތްކުރުމަށް ރިވެޓްމަންޓް ޖަހާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ

ގުޅީފަޅުގެ ހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މީގެ ކުރިން ވަނީ 198 ހެކްޓަރުގެ ބިން ހިއްކާފަ އެވެ.

ޕްލޭނިން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ބިން ހިއްކާ ސަރަހައްދު ކަނޑައަޅާ އެ ސަރަހައްދުގެ ބައުންޑް ވޯލް ޖެހުމުގެ މަސައްކަތް މިހާރުވެސް ވަނީ ފަށާފަ އެވެ. އަދި އޭޕްރީލް މަހުގެ ތެރޭގައި ބިން ހިއްކަން ފަށާނެ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން މަަސައްކަތް ނިމޭނެ ކަމަށްވެސް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ގުޅީފަޅުގެ ބިން ހިއްކުމުގެ މަޝްރޫ ފެށުމުގެ ކުރިން މިހާރު ވަނީ އެ ސަރަހައްދުގެ ތިމާވެއްޓާ ބެހޭ ރިޕޯޓް (އީއައިއޭ) ތައްޔާރުކޮށްފަ އެވެ.

ބޮސްކާލިސްއިން ބުނީ މި ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ތިމާވެއްޓާ ރައްޓެހި ތިމާވެއްޓަށްވާ ގެއްލުން ވީހާވެސް ކުޑަ ވާނެ ގޮތަކަށް ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345