އޮމޮން

ވިސާ ނެތި އޮމާނަށް ދެވޭނެ ގޮތް ހަމަޖެހިއްޖެ

Mar 30, 2023

ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް އޮމާނަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިއްޖެ އެވެ.

މިއިންތިޒާމުގެ ދަށުން މުއްދަތު ހަމަނުވާ ޕާސްޕޯޓަކާއެކު ރާއްޖެއިން އޮމާނަށް ދަތުރުކުރާ ދިވެހިންނަށް އެ ގައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 14 ދުވަހުގެ މުއްދަތަށް އެ ގައުމުގައި ތިބެވޭނެ އެވެ.

ކުރިން ވިސާއެއް ނެގުމަކާ ނުލައި އޮމާނަށް ދަތުރުކުރުމަށްޓަކައި ދުރާލައި ހަދާފައިވާ ހޮޓަލް ބުކިން، ހެލްތު އިންޝުއަރެންސް އަދި ދެކޮޅު ޓިކެޓު އޮންނަންޖެހެ އެވެ. އަދި ޕާސްޕޯޓުގެ މުއްދަތު މަދުވެގެން ހަމަސް ދުވަސް އޮންނަންޖެހެ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނީ އޮމާނުން ދިވެހިންނަށް ވިސާ މައާފު ކޮށްދިނުން، ދިވެހި ސަރުކާރުން ދެކެނީ ދެ ގައުމުގެ މެދުގައި އޮތް ގާތް ރަހްމަތްތެރި ގުޅުމާއި އޮމާނުން ދިވެހިރާއްޖެއަށް ދޭ ހާއްސަ އަހައްމިއްޔަތުކަމުގެ ރަމްޒެއްގެ ގޮތުގައި ކަމަށެވެ.