އެސްޓީއޯ

އެސްޓީއޯގެ ބޯޑު ޑިރެކްޓަރު ކަމަށް ހުޅުވާލައިފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޑިރެކްޓަރުންގެ ބޯޑުގައި ޕަބްލިކް ހިއްސާދާރުން ތަމްސީލްކުރުމަށް ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އެ ކުންފުނިން މިއަދު ހުޅުވާލައިފި އެވެ.

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް އެދޭ ޝަރުތުތައް ފުރިހަމަވާ ހިއްސާދާރުންނަށް އެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 10:00ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

މި މަގާމަށް އަންހެން ބޭފުޅުން ކުރިމަތިލުމަށް އެސްޓީއޯއިން ކުރި އިއުލާނުގައި ވަނީ ބާރު އަޅާފަ އެވެ.

އެސްޓީއޯގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން އަދި ކުންފުނީގެ ހިއްސާ ބެހިފައިވާ ގޮތުން ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އެއް ޑިރެކްޓަރު އިންތިހާބު ކުރެވޭނެ އެވެ. ސަރުކާރު ނުވަތަ މައި ހިއްސާދާރުންގެ ފަރާތުން ހަ ޑިރެކްޓަރުން އައްޔަން ކުރަން ޖެހެ އެވެ.

ބޯޑަށް އައްޔަންކުރާ ހުރިހާ ޑިރެކްޓަރުންނަކީވެސް ވިޔަފާރި އާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ މީހުންނަށްވުމަށް ބާރުއަޅާ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.