ކްރިމިނަލް ކޯޓް

ވަގަށް ރަން އެތެރެކުރި މީހަކު ޖޫރިމަނާކޮށްފި

Apr 2, 2023

ރާއްޖެ އަށް ވަގަށް ރަން އެތެރެކުރި އިންޑިއާ މީހަކު 120،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

އިންޑިއާގެ ހާރިފް މެލަޑެތް އަބޫބަކުރުގެ މައްޗަށް ދައުލަތުން އުުފުލީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ކުށުގެ ދައުވާ އެވެ.

ދައުވާގައި ބުނެފައިވަނީ ހާރިފްގެ ހަށިގަނޑު ބަލައި ފާސްކުރިއިރު އޭނާގެ ދެފައި ކަށިމަތީގައި ޓޭޕް އަޅައި ފޮރުވައިގެން 2،755 ގްރާމުގެ ރަން އެތެރެކޮށްފައިވާ ކަމަށެވެ.

ކުށުގެ އަދަބަކީ ހަ މަހާއި ދެ އަހަރުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 10،000-240،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ހާރިފް ދައުވާއަށް އެއްބަސްވުމާ ގުޅިގެން ޝަރީއަތުން ވަނީ އޭނާ 120،000 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފަ އެވެ. އަދި ޖޫރިމަނާ ފައިސާ ރަސްމީ ރަސްމީ ބަންދު ނޫން ހަތަރު ދުވަސް ތެރޭގައި ދެއްކުމަށްވެސް ހުކުމްކޮށްފައިވެ އެވެ.