ކްރިމިނަލް ކޯޓް

ދިވެއްސަކަށް ޖިންސީ ގޯނާކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި

May 17, 2023
ކްރިމިނަލް ކޯޓު -- ފޮޓޯ: އަވަސް
0%
0%
0%

ދިވެއްސަކަށް ޖިންސީ ގޯނާކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި އެވެ.

މުހުތާރު އަންސަރީ ނަމަކަށް ކިޔާ މި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 10 ދުވަަސް ޖަހާފަ އެވެ.

މި މީހާއަށް ތުހުމަތުކުރަނީ ޖިންސީ ފުރައްސާރަ ކުރުމާއި ނުރުހުމުގައި މީހެއްގެ ގައިގައި އަތްލުމެވެ.

ފުލުހުން މި މީހާއާ ދެކޮޅަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެ އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން އެކި ތުހުމަތުގައި ހައްޔަރުކުރާ އިންޑިއާ މީހުންނަށް ފިޔަވަޅު ނާޅައި މައްސަލައާއި ޑީޕޯޓްކޮށްލާ ކަމަށް ބުނެ އާންމުންގެ ޝަކުވާ މިދުވަސްވަރު އިތުރުވެފައިވެ އެވެ. އެގޮތުން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ދައުވާއެއް ކޮށްފައި ވަނިކޮށް މިދިޔަ ފެބްރުއަރީ މަހު އިމިގްރޭޝަނުން ވަނީ އިންޑިއާ މީހަކު ޑީޕޯޓްކޮށްލާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910