ބިދޭސީން

ބަނގުރަލާއެކު ހައްޔަރުކުރި އިންޑިއާ ދެ މީހުން އަތުން ވަގު ޑޮލަރުތަކެއް ފެނިއްޖެ

ފުލުހުންގެ އޮޕަރޭޝަނެއްގައި ބަޔަކު ހިފަހައްޓައިގެން ބަލައިފާސްކުރަނީ -- ފޮޓޯ: އަވަސް
0%
0%
0%

ބަނގުރަލާއެކު މާލޭއިން ހައްޔަރު ކުރި އިންޑިއާ ދެ މީހެއްގެ އަތުން ވަގު ޑޮލަރުތަކެއް ފެނިއްޖެ އެވެ.

ވަގު ޑޮލަރުތަކަކާއެކު ހައްޔަރުކޮށްފައި ވަނީ އުމުރުން 43 އަހަރުގެ މީހަކާއި 42 އަހަރުގެ މީހެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ މީހުންނަކީވެސް އިމިގްރޭޝަން ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ދެ މީހުންނެވެ. މި ދެ މީހުން ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުންވެސް 15 ދުވަހަށް ބަންދުކޮށްފައި ބޭތިއްބުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ.

މި ދެ މީހުންގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި މި ދެ މީހުން ހައްޔަރު ކުރީ ޓަޗްމާޓް ކިޔާ ފިހާރައެއްގައި ބަނގުރާ ވިއްކާކަމުގެ މައުލޫމާތު ލިބިގެންނެވެ.

އެ ފިހާރަ ބަލައި ފާސްކުރިއިރު، އެ ތަނުގެ ގުދަނުން ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާ ފެނިފައިވެއެވެ. އެތަނުން ފެނުނު ފައިސާގެ ތެރޭގައި ވަގު ޑޮލަރު ހިމެނޭކަން މި ދެ މީހުންގެ ބަންދު އަމުރު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އިންޑިޔާ ދެ މީހެއްގެ އަތުން ވަގު ޑޮލަރު މި ފެނުނީ، ރާއްޖޭގައި ބޭރު ފައިސާގެ ތާށިކަން އިންތިހާއަށް ބޮޑުވެފައިވަނިކޮށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910