މޯލްޑިވްސް ޕޮލިސް ސާވިސް

ކައިޒީނަށް ސެކިއުރިޓީ ނުދެން: ފުލުހުން

Apr 2, 2023

މަޝްހޫރު މޮޑެލް އަދި ސޯޝަލް މީޑިއާ އިންފްލުއެންސަރު ފާތިމަތު ޒަޔާން (ކައިޒީން) ގެ އުފަން ދުވަސް ފާހަގަކުރިއިރު އޭނާއަށް ސެކިއުރިޓީ ނުދޭ ކަމަށް ފުލުހުން ބުނެފި އެވެ.

ހަވާއެރުވުމާއެކު ކައިޒީންގެ އުފަން ދުވަސް މިދިޔަ ބުދަ ދުވަހުގެ ރޭ އުސްފަސްގަނޑުގައި ފާހަގަކުރިއިރު، އޭނާއާއެކު ގިނަ އަދަދެއްގެ ސެކިއުރިޓީން ހަރަކާތްތެރިވުމުން ފުލުހުންނަށް ފާޑުކިޔުން އަމާޒުވި އެވެ.

ފުލުހުން ބުނި ގޮތުގައި ބުދަ ދުވަހުގެ ރޭ އުސްފަސްގަނޑު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވީ ހަވާ އަރުވާ މަންޒަރު ބަލަން ގިނަ ބަޔަކު އެ ސަރަހައްދަށް ޖަމާވެފައިވާތީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ.

"އެ އިވެންޓާ ގުޅިގެން ޕާސަނަލް ސެކިއުރިޓީ އެއްވެސް ފަރާތަކަށް ފޯރުކޮށްދީފައެއް ނުވާނެ،" ފުލުހުން ބުނެފައިވެ އެވެ.

އުފަން ދުވަސް ފާހަގަކުރުމަށްފަހު ކައިޒީން ކާރަށް އަރަން އަންނައިރު އޭނާ ކައިރީގައި ސެކިއުރިޓީން ތިބޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.