މޯލްޑިވްސް ޕޮލިސް ސާވިސް

ކުޑަކުދިންގެ ސްކޫޓަރެއް ވަގަށް ނެގި މީހަކު ހޯދަނީ

Apr 3, 2023

ކުޑަކުދިން ދުއްވާ ސްކޫޓަރެއް ވަގަށް ނެގި މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

މި މީހާ އަކީ ކާކު ކަން ދެނެގަނެވިފައި ނުވާތީ ފުލުހުން ވަނީ ހޯދަން ބޭނުންވާ މީހާގެ ވީޑިއޯ އާންމުކޮށްފަ އެވެ.

ވީޑިއޯގައި އިން ފެންނަނީ ސްކޫޓަރެއް އަތުން ހިފައިގެން އެ މީހާ މާލޭގެ މަގެއްގައި ހިނގާފައި ދަނިކޮށެވެ.

ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއަކީ ވައްކަމުގެ މައްސަލައަކާ ގުޅިގެން ގަލޮޅު ޕޮލިސް ސްޓޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައި ނުވާ މީހެއް ކަމަށެވެ.

ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަނަށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން އެދިފައިވެ އެެވެ.