އީރާން

އީރާން ސަފީރެއް އަށް އަހަރަށްފަހު ޔޫއޭއީއަށް

އީރާން އާއި އަރަބި ގައުމުތަކާ އެކު ގުޅުން ބަދަހިކުރަން ކުރަމުން ގެންދާ މަޝްވަރާތައް ކޮޅެއްގައި ޖެހި ސަފީރުން އައްޔަންކުރަން ފަށައިފި އެވެ. މިގޮތުން އީރާނުން މިހާރު ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ސަފީރަކު ކަނޑައަޅާފަ އެވެ.

އީރާނުން ޔޫއޭއީއަށް ހަމަޖެއްސީ ރިޒާ އަމީރީ އެވެ. އޭނާ މިހާތަނަށް ހުންނެވީ އީރާންގެ ފޮރިން މިނިސްޓްރީގެ ދަށުގައި އޮންނަ ބިދޭސީންނާ ބެހޭ އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގަ އެވެ.

ރިޒާ އަމީރީ ވަނީ އީރާންގެ ސަފީރެއް ގޮތުގައި އަލްޖީރިއާ އާއި ސޫދާން އަދި އެރިޓްރިއާގައި މަސައްކަތް ކުރައްވާފަ އެވެ.

އަރަބި ގައުމުތަކާ އެކު ގުޅުން ބަދަހިކުރުމަށް އިރާނުން ވެސް ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން އީރާންގެ އޮފިޝަލުން އަރަބި ގައުމުތަކަށް ދަތުރުކޮށް މަޝްވަރާތައް ވަނީ ބާއްވާފަ އެވެ.

އީރާންގެ ސްޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ވެރިޔާ އަލީ ޝްމްޚާނީ ވެސް ވަނީ މިދާކަށް ދުވަހު ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ވަޑައިގެން އެ ގައުމުގެ ރައީސް މުހައްމަދު ބިން ޒައިދު އައްނަޙްޔާންއާ އަބޫދާބީގައި ބައްދަލުކުރައްވާފަ އެވެ.

އީރާން އާއި ސައޫދީއާ ގުޅުން ކެނޑިފައި އޮތުމަށް ފަހު މާޗް 10 ގައި ވަނީ އަލުން ގުޅުން ގާއިމުކުރަން އެއްބަސްވެފަ އެވެ. އަދި އެއަށްފަހު ދެ ގައުމުގެ ހާރިޖީ ވަޒީރުން ފޯނުން ގުޅުއްވައި ވަނީ މަޝްވަރާކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އީރާން އާއި ސައޫދީގައި -- މިހާރު ބަންދުކޮށްފައިހުރި އެމްބަސީތައް ލަސްތަކެއް ނުވެ ހުޅުވާނެ އެވެ.