ދުނިޔެ

އަގްސާ މިސްކިތުގެ ހުރުމަތް ކެނޑުމަކީ ކުށެއް: އުރުދުޣާން

އަގްސާ މިސްކިތުގައި ނަމާދނަށް އިން އަންހެނަކު ދަމާ ކޫއްތާފައި އިޒްރޭލު ސިފައިން ބޭރަށް ނެރެގެން ގެންދަނީ
0%
0%
0%

އިޒްރޭލުން އިސްތިއުމާރުކޮށްފައި އޮތް އިރުމަތީ ގުދުސްގައި ހުރި އަގްސާ މިސްކިތަށް އިޒްރޭލު ސިފައިން ވަދެގަނެ ނަމާދުކުރަން ތިބި ފަލަސްތީންގެ އާންމު ރައްޔިތުންނަށް ވަނީ ޖިސްމާނީ ލާއިންސާނީ އެތައް އަނިޔާއެއް ކޮށްފަ އެވެ.

ޚަބަރު ރިޕޯޓްތައް ބުނާ ގޮތުން ރޯދަ މަހުގެ މާތްކަން ލިބިގަތުމަށް އަޅުކަމުގައި ތިބި 350 އަށް ވުރެ ގިނަ މީހުންގެ ދެ އަތް ފަހަތަށް ބަނދެ މޫނު ވަތަށް ބާއްވައި ދެފައިޔާ އެކު ވަނީ އައްސާފަ އެވެ.

މިއީ ކޮންމެ ރޯދަމަހެއް ފެށުމާ އެކު ޔަހޫދީ ސިފައިން ފަލަސްތީންގެ މުސްލިމުން އަޚުންނާއި އުޚުތުންނަށް ދޭން އޮންނަ ހަދިޔާ އެވެ.

ފާއިތުވި ރޯދަ މަހު ވެސް ހަމަ މިފަދައިން އަދި މިއަށް ވުރެ ހަރުކަށި އަމަލުތަކުން އިޒްރޭލު ސިފައިން ވަނީ އަގުސާ މިސްކިތުގައި ޖަރީމާ ހިންގާފަ އެވެ.

މިކަމާ ގުޅިގެން އަރަބި އިސްލާމީ ގައުމުތަކުން ނުރުހުން ފާޅުކޮށް ބަޔާންތައް ވަނީ ނެރެފަ އެވެ. ސައޫދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް، ގަތަރު އަދި ދިވެހިރާއްޖެއިން ވެސް ވަނީ އިޒްރޭލުގެ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށްފަ އެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ ފަލަސްތީންގެ އަޚުންނާއި އުޚުތުން ދޫކޮށްލާނެ ހާލަތެއް ތުރުކީއަށް ނޯންނާނެ ކަމަށެވެ.

ރަޖަބް ތައްޔިބު އުރުދުޣާން: އަގްސާ މިސްކިތުގެ ހުރުމަތް ކަނޑައިގެން ނުވާނެ ކަމަށް ވިދާޅުވި

އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް ނުކުތުމަކީ ހުސްއަތާ ތިބި ބަޔަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އުރުދުޣާން ވިދާޅުވި އެވެ. މުސްލިމުންގެ މުގައްދަސް ބިންތަކުގައި ލޭއޮހޮރުވައި އަގްސާ މިސްކިތުގެ ހުރުމަތް ކެނޑުމަކީ ތުރުކީން ބަލައިގަންނާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

އަރަބި އިސްލާމީ ދުނިޔެ އިޒްރޭލަށް ހެވަކަށް އެދެވޭނީ އިޒްލޭގު ގޮތްކުޑަ އަމަލުތައް މައިތިރިކޮށްގެން ކަމަށްވެސް އުރުދުޣާން ވިދާޅުވި އެވެ. ފަލަސްތީން މީހުންނަކީ ވެސް ދުނިޔެއަށް ނޭވާލާން ޖެހޭ ބައެއްކަން ދަނެ، އެ ފުރުސަތު ދިނުމަށް އުރުދުޣާން ވަނީ ގޮވާލައްވާފަ އެވެ.

އިޒްރޭލު ސިފައިން އަގްސާ މިސްކިތަށް ވަދެގަތުމުގައި މިސްކިތުގެ ފުރާޅު ހަލާކޮށްލައި އަދި "ސައުންޑް ބޮން" ބޭނުންކޮށްގެ ބިއްލޫރި ދޮރުތައް ވަނީ ތަޅާލާފަ އެވެ. މިސްކިތަށް ވަދެގަނެ ތަންތަނަށް ބަޑިޖަހައި ވަނީ އެތައް ބަޔަކު ޒަހަމްކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910