އެމްޑީޕީ

ޖަމީލާއި އޭނާގެ ބައިވެރިންނާ ގުޅެން އެމްޑީޕީން ގަރާރެއް ފާސްކޮށްފި

Feb 1, 2016
2

އިނގިރޭސިވިލާތުގައި އަމިއްލައަށް އަރުވާލެއްވިގެން ހުންނެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި އެމަނިކުފާނާ އެކުގައި މަސައްކަތް ކުރާ މީހުނާ ގުޅި އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވާ ބެހޭގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.

މި ގަރާރު ހުށަހަޅާފައި ވަނީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒެވެ. މިރޭ މި ގަރާރު ފާސް ކުރީ ގައުމީ މަޖިލީހުގެ 52 މެންބަރުންގެ ވޯޓާއެކު އިއްތިފާގުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަށް މިރޭ ހުށަހެޅި ގަރާރަށް ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވީ މީގެ ކުރިން ވެސް އަދާލަތު ޕާޓީ އާއި އަދި އެ ނޫން ވެސް ފަރާތްތަކާ އެކު މަސައްކަތްކުރުމަށް އިގްރާރުވެފައިވާ ކަމަށާއި އެހެން ކަމުން މިއީ ވަކި ތަފާތު ގަރާރެއް ނޫން ކަމަށާއި އެމްޑީޕީއާ ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަށް ފުރުސަތު ދިނުމަކީ މުހިން ކަމެއް ކަމަށް ފެންނާތީ މި ގަރާރަށް ވެސް ތާއީދު ކުރާ ކަމަށެވެ.