މޯލްޑިވްސް ކަސްޓަމްސް ސާވިސް

އެތެރެހަށީގައި ފޮރުވައިގެން އެތެރެކުރަން އުޅުނު ރަން އަތުލައިގަނެފި

Apr 9, 2023

އެތެރެހަށީގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު ރަން ކަސްޓަމްސްއިން އަތުލައިގަނެފި އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި އެތެރެހަށީގައި ފޮރުވައިގެން ރަން އެތެރެކުރަން އުޅުނީ ވައިގެމަގުން އަބޫދާބީން ރާއްޖެއައި ފަސިންޖަރެކެވެ.

އިންޑިއާގެ އުމުރުން 43 އަހަރުގެ އެ ފަސިންޖަރުގެ ހަށިގަނޑުން ނެގުނު ރަނުގެ ބަރުދަނުގައި ޕެކިންއާއިއެކު 361 ގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.

އެ ފަސިންޖަރު ރާއްޖެއައީ ވިޒްއެއާގެ ފްލައިޓަކުން މާޗް 17 ވަނަ ދުވަހު އެވެ.

ކަސްޓަމްސްއިން ބުނީ އެ ފަސިންޖަރަކާއިމެދު ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން އެމީހާގެ ހަށިގަނޑު އިތުރަށް ބަލައި ފާސްކުރުމަށްޓަކައި ބޮޑީސްކޭން ކުރިއިރު ހަށިގަނޑުގެ ތެރޭގައި އެއްޗެއް ރައްކާކޮށްފައި ހުރިކަން ފާހަގަކުރެވުނު ކަމަށެވެ.

މި ތަކެއްޗާއި ބެހޭ ގޮތުން ފަސިންޖަރާ ސުވާލުކުރުމުން އޭނާގެ ހަށިގަނޑުގައި ރަން ހުރި ކަމަށް އެއްބަސްވެފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.