ހަބަރު

ޖޭޕީގެ ޒުވާނުންގެ ގޮފީގެ ރައީސް ކަމުން މޫސާ އަންވަރު ވަކިކޮށްފި

Jan 24, 2015
1

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޒުވާނުންގެ ގޮފީގެ ރައީސްގެ މަގާމުގައި ހުންނެވި މޫސާ އަންވަރު އެ މަގާމުންނާއި ކައުންސިލްގެ މެންބަރު ކަމުން ވަކިކޮށްފި އެވެ. އޭނާ މަގާމުން ވަކި ކުރީ މަގާމުން އިސްތިއުފާ ދެއްވުމަށް ގައުމީ ހިންގާ ކޮމެޓީން އެންގުމުން ވެސް އެކަމަށް އިންކާރު ކުރުމުންނެވެ.

މޫސާ އަންވަރުވެސް ބައިވެރިވި ޖޭޕީގެ ގައުމީ ހިންގާ ކޮމެޓީން މޫސާ އަންވަަރުގެ މައްޗަށް މިއަދު މި ނިންމުން ނިންމާފައި ވަނީ މޫސަ މަގާމުން ވަކި ކުރި ކުރުމާބެހޭ ގޮތުން އެ ޕާޓީގެ އޮފިޝަލަކު ވިދާޅުވީ މޫސާ އަންވަރު ވަކި ކުރީ ރާއްޖޭން ބޭރުގައި މޫސާ އަންވަރުގެ އުޅެންޖެހިފައިވާތީ ޒުވާނުންގެ ގޮފީގެ ރައީސްގެ ގޮތުގައި އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތުތަކަށް ހުރަސް އެޅޭތީ، އެ ކަންކަންއަދާ ކުރަން ހުރަސް އެޅޭތީ ކަމަށެވެ.

މޫސާ އަންވަރު ވަކިކުރީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

މޫސާ އަންވަރު އެ މަގާމުން ވަކި ކުރި އިރު ކުރިޔާ ހިލާފަށް އޭނާގެ ސިޔާސީ ވިސްނުންތައް ސޯޝަލް މީޑިއާގައި ބައްޓަން ކޮށްފައި ވަނީ ޖޭޕީގެ ސިޔާސަތުތަކާ ދެކޮޅަށެވެ.

މޫސާ އަންވަރު މިއަދު ވިދާޅުވީ ޖޭޕީގެ ކައުންސިލުންނާއި އެ ޕާޓީގެ ޒުވާނުން ގޮފީގެ ރައީސް ކަމުން އޭނާ ވަކިކުރީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކަމަށާއި އެކަމުގެ އިންސާފު ހޯދަން ކޯޓަށް މައްސަލަ ވައްދާނެ ކަމަށެވެ.