ދުނިޔެ

ޔުކްރޭން ސުލްހައަށް ގޮވާލައި ޖަރުމަނުގައި ބޮޑު އެއްވުމެއް

ޔުކްރޭން ހަނގުރާމަ ހުއްޓާލުމަށް ތާއީދުކޮށް އަދި ސުލްހަ މަޝްރާތައް ފެށުމަށް ސަރުކާރަށް ބާރުއެޅުމަށް އާންމުން ޖަރުމަނުގެ މަގުތަކުގައި
0%
0%
0%

ޔުކްރޭނަށް ސުލްހަ ގެނައުމަށް ތާއީދުކޮށް ޖަރުމަންގެ ސިޓީތަކުގައި އަނެއްކާވެސް އާންމުން މަގުތަކަށް ނުކުމެއްޖެ އެވެ.

ރަޝިއާ-ޔުކްރޭން ހަނގުރާމައިގައި ޖަރުމަނުގެ ސިޔާސަތު ބަދަލުކޮށް، ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް ވެސް އާންމުން ވަނީ ޖަރުނަމުގެ ސަރުކާރަށް ގޮވާލާފަ އެވެ.

މަގުތަކަށް އެއްވި މީހުން ސަރުކާރަށް ގޮވާލާފައި ވަނީ ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުމުގެ ބަދަލުގައި ޑިޕްލޮމެޓިކް އުސޫލުތައް މެދުވެރިކޮށް ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅުމަށެވެ. އަދި ހަނގުރާމާގައި ހިމެނޭ ދެ ގައުމު މަޝްވަރާ މޭޒުދޮށަށް ގެނައުމަށެވެ.

ޔުކްރޭން ހަނގުރާމާގައި ޖަރުމަނުގެ ސިޔާސަތާ ދެކޮޅުހެދުމަށް ދޭތެރެ ދޭތެރެއިން ޖަރުމަނުގެ އާންމުން މަގުތަކަށް ނުކުމެ އެވެ. ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުން ޖަރުމަނުގެ އާންމުންނަށް މައްސަލައަކަށް ވެފައި ވާއިރު މުޒާހަރާކުރާ މީހުން މިހާރު ގޮވާލަނީ ހަނގުރާމަ ހުއްޓުވާލުމަށެެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކުގައި އާންމުން ޔުކްރޭން ހަނގުރާމައާ ދެކޮޅެވެ. ޚާއްސަކޮށް ޔުކްރޭނަށް ހަތިޔާރު ފޮނުވައި ހަނގުރާމަ ދިގުދެންމުގެ ވިސްނުން ގެންގުޅޭ ގައުމުތަކުގައި ސަރުކާރުގެ ސިޔާސަތަށް އާންމުން ދެކޮޅުހަދަ އެވެ.

ރަޝިއާ-ޔުކްރޭން ހަނގުރާމަ ހުއްޓުވާލުމަށް ގައުމުތަކުގެ މެދުގައިވެސް މިހާރު މަޝްވަރާތައް އޮތީ ފެށިފަ އެވެ. މި ގޮތުން ޗައިނާއިން ވަނީ ރަޝިއާ-ޔުކްރޭން ސުލްހަކުރުމަށް އެ ގައުމަށް ފެންނަ ގޮތް އާންމުކޮށްފަ އެވެ.

ޔުކްރޭން ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން އެމެރިކާ ސީދާކޮށް އަދި އެއްޗެއް ނުބުނެ އެވެ. އެހެން ނަމަވެސް، މެދުވެރިން ބޭނުންކޮށްގެން ދަނީ ސުލްހަ ގާއިމުކުރެވެން ހުރި ގޮތްތައް އަންދާޒާކުރަމުންނެވެ.

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން މިފަހުން ޗައިނާއަށް ކުރެއްވި ދަތުރުގެ ބޭނުމަކީ ވެސް ޔުކްރޭން ހަނގުރާމަ ހުއްޓާލުމަށް ރަޝިއާއަށް ޕްރެޝަރު ކުރުމެވެ. މި ދަތުރުގައި ޗައިނާ އާއި ފްރާންސް ގުޅިގެން ޔުކްރޭނަށް ސުލްހަ ގެނައުމަށް ވަނީ މަޝްވަރާކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345