ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ދިޔަވަރު ބަލައިލެވޭ ގޮތަށް ފަރުމާކޮށްފައިވާ ވެބްސައިޓެއް ތައާރަފްކޮށްފި އެވެ.
މޯލްޑިވްސް ޓައިޑްސް ވެބްސައިޓް އުފައްދާފައިވަނީ ޑރ. ނަޝްވާން މަތީން އެވެ.
ޑރ. ނަޝްވާން އަކީ ރަށްގިރުމާއި ގޮނޑުދޮށްތަކަށް އަންނަ ބަދަލުތައް މޮނިޓާކުރުމުގެ މަސައްކަތުގައި އުޅުއްވާ އެ ދާއިރާގެ އިންޖިނިއަރެކެވެ.
ރަށްރަށުގެ ދިޔަވަރު ބެލުމާއި ދިޔަވަރާ ގުޅޭ ތަފާތު މައުލޫމާތުތަކާއި ވަގުތުތައްވެސް މިވެބްސައިޓުން ބަލައިލެވެ އެވެ.
މިވެބްސައިޓް އުފައްދާފައިވަނީ ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިއަށް ގެންދާ މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަނާ ވެސް ގުޅިގެންނެވެ.