މޯލްޑިވްސް ކަސްޓަމްސް ސާވިސް

ޕާކިސްތާން މީހެއްގެ އަތުން ހަތަރު ކިލޯގެ ޑްރަގްސް އަތުލައިގެންފި

Apr 13, 2023
1

ވައިގެ މަގުން ޕާކިސްތާނުން ރާއްޖެއައި ޕާކިސްތާން މީހެއްގެ ލަގެޖުން މަސްތުވާތަކެތި އަތުލައިގަނެފި އެވެ.

މިތަކެތި އަތުލައިގަތީ މިއަދު ޕާކިސްތާންގެ ކަރާޗީ އިން ރާއްޖެ އައި ޕާކިސްތާނުގެ އުމުރުން 53 އަހަރުގެ ފިރިހެނެއްގެ އަތުންނެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ އޭނާއާ މެދު ޝައްކުކުރެވިގެން ސުވާލުކޮށް، ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުނު ކަމަށެވެ.

އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ޕޮޒިޓިވް ވެފައިވެ އެވެ.

ކަސްޓަމްސް އިން ބުނީ މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.98 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީހުކުރުމަށްޓަކައި ފަސިންޖަރާއި އޭނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

އިތިއޯޕިއާ އިން އިއްޔެ ރާއްޖެ އައި އިންޑިއާ މީހެއްގެ އަތުން ފަސް ކިލޯގެ މަސްތުވާތަކެތިވެސް ކަސްޓަމްސް އިން ވަނީ އަތުލައިގެންފަ އެވެ.