ޔުމްނާ މައުމޫން

އަމިއްލަ ބަހެއް ލިބިފައި އޮތުމަކީ ބޮޑު ނިއުމަތެއް: ޔުމްނާ

Apr 14, 2023
1

ދިވެހިންނަށް އަމިއްލަ ބަހެއް ލިބިފައި އޮތުމަކީ ބޮޑު ނިއުމަތެއް ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ބަހުގެ ދުވަހާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

މިނިސްޓަރު ޔުމްނާ ވިދާޅުވީ ކޮންމެ އަހަރަކުވެސް ދުނިޔެއިން އެތައް ބަހަކާއި ބަހުރުވައެއް ނެތިގެންދާ ކަމަށެވެ. އެހެންކަމުން އަމިއްލަ ބަހެއް ލިބިފައި އޮތުމަކީ ވަރަށް ބޮޑު ނިޢުމަތެއް އަދި ފަޚުރެއް ކަމުގައި ވިދާޅުވި އެވެ.

ދިވެހި ބަހަށް ލޯތްބާއި އިސްކަންދީ، ޒުވާން ޖީލުތަކަށް ރަނގަޅު ދިވެހި ބަސް ދަސްކޮށްދީ، ބޭނުންކުރުމަށް ހިތްވަރު ދިނުމަށްވެސް މިނިސްޓަރު ޔުމްނާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ރާއްޖޭގައި ދިވެހި ބަހުގެ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރަން ނިންމަވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކަން އިއުލާންކުރެއްވީ ޖެނުއަރީ 21، 2015ގައެވެ.

ދިވެހި ބަހުގެ ދުވަސް ފާހަގަކުރަނީ އަލްމަރްހޫމް ހުސައިން ސަލާހުއްދީން އުފަންވެވަޑައިގެންނެވި ތަރީހް ކަމުގައިވާ އެޕްރީލް 14 އާއި ގުޅުވައިގެންނެވެ.