ބޮލީވުޑް

މިއަހަރުގެ މިސް އިންޑިއާގެ މަގާމު ނަންދިނީ ގުޕްތާއަށް

މިސް އިންޑިއާ ވޯލްޑް 2023ގެ ތާޖު ރާޖަސްތާނުގެ ނަންދިނީ ގުޕްތާ ކާމިޔާބު ކޮށްފި އެވެ.

މި މުބާރާތުގެ ރަނަރަޕް އަކަށް ހޮވުނީ ދިއްލީގެ ޝްރެޔާ ޕޫންޖާ އެވެ. އަދި ދެވަނަ ރަނަ-ރަޕް އަކަށް ހޮވުނީ މަނިޕޫރުގެ ތޯނާއޮޖަމް ސްޓްރެލާ ލުވާންގް އެވެ.

އުމުރުން 19 އަހަރުގެ ނަންދިނީ އަކީ ކޯޓާގެ ރަށްވެއްސެކެވެ. ކޯޓާ އަކީ އިންޖިނިއަރިން އާއި ޑޮކްޓަރީކަން ކިޔަވާ ވަރަށް ގިނަ ބަޔެއްގެ ހުވަފެންތަކާ ގުޅިފައިވާ ރަށެކެވެ. ނަންދިނީ އަތުގައިވެސް ބިޒިނަސް މެނޭޖްމަންޓް ޑިގްރީއެއް އެބައޮތެވެ.

މަނިޕޫރުގައި އޮތް މިފަހަރުގެ ފެމިނީ މިސް އިންޑިއާ މުބާރާތުގެ ގްރޭންޑް ފިނާލޭގައި ގިނަ އަދަދެއްގެ ފިލްމީ ތަރިން ބައިވެރިވި އެވެ. އަދި ކާރްތިކް އާރްޔަން އާއި އަނަންޔާ ޕާންޑޭގެ ހާއްސަ ޕާފޯމަންސެއް ވެސް ފެނިގެން ދިޔަ އެވެ.

މި ޝޯ ހޯސްޓްކުރީ މަނީޝް ޕޯލް އާއި ބަތަލާ ބޫމީ ޕެޑްނޭކަރް އެވެ.