އެމްއެސްއެސް

އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ނާޒިމު

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު ނާޒިމު އައްޔަންކޮށްފި އެވެ.

ނާޒިމު މި މަގާމަށް އައްޔަންކުރީ އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު (ކޮށީގޭ ސައީދު) މިމަހުގެ ހަތަރުވަނަ ދުވަހު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރުމާ ގުޅިގެންނެވެ.

ނާޒިމް އަކީ އެމްއެސްއެސް އުފެއްދީއްސުރެ އެ ކުންފުނީގެ އިސް މަގާމުތަކެއް ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ.

އެމްއެސްއެސްގެ ޖެނެރަލް މެނޭޖަރެއްގެ ގޮތުގައި އެ ކުންފުންޏާ ގުޅިވަޑައިގެންނެވި ނާޒިމު އެންމެފަހުން ހުންނެވީ އެގްޒެކެޓެވް ޑިރެކްޓަރެއްގެ މަގާމުގަ އެވެ.

ނާޒިމަކީ މެރިޓައިމް ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ވެސް ހުންނެވި ބޭފުޅެކެވެ.