އިސްލާމިކް މިނިސްޓްރީ

ހައްޖަށް ގެންދިއުމުގެ ހުއްދަ ތިން ކުންފުންޏަކަށް

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ބަޔަކު. މިއަހަރު ހައްޖަށް ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ އަމިއްލަ ތިން ކުންފުންޏަކަށް ދީފަ
0%
0%
0%

ރާއްޖެއިން މިއަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން އަމިއްލަ ތިން ކުންފުންޏަކަށް ދީފި އެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން މިއަހަރު ދިން ތިން ކުންފުންޏަކީ އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑަށެވެ.

ކޮންމެ ކުންފުންޏަކަށްވެސް ދީފައިވަނީ 90 މީހުން ހައްޖަށް ގެންދިއުމުގެ ކޯޓާ އެވެ.

ހުއްދަ ދިން ކުންފުނިތަކާއި އަގުތައް

  • އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް - 75،250ރ.
  • ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑް - 75،465ރ.
  • އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް - 75،000ރ.

މި ކުންފުނިތަކަށް ހުއްދަ ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

ހުއްދަ ދީފައިވާ އަގަށްވުރެ އިތުރަށް ކުންފުނިތަކުން ފައިސާ ނެގުމާއި، ކުންފުނިތަކަށް ފައިސާ ދެއްކުމާއި، ހުއްދަ ދީފައިވާ ކޯޓާއަށްވުރެ އިތުރަށް މީހުން ހައްޖަށް ގެންދިޔުމަށް އެއްވެސް ފަރާތަކުން ފައިސާ ނެގުމަކީ ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ދަށުން މަނާކަމެއްކަން އިސްލާމިކް މިނިސްޓްރީން ވަނީ ހަނދާންކޮށްދީފަ އެވެ.

ރަސްމީ ހައްޖު ކޯޓާގެ ގޮތުގައި މިއަހަރު ރާއްޖެއަށް 1،000 ކޯޓާ ވަނީ ލިބިފަ އެވެ.

އަމިއްލަ ކުންފުނިތަކަށް ހައްޖު ކޯޓާ ދިނުމަށްފަހު ބާކީ 730 ކޯޓާ ލިބޭނީ ހައްޖު ކޯޕަރޭޝަނަށެވެ.

ސައުދީ ސަރުކާރާ މަޝްވަރާކޮށް މިއަހަރު ރާއްޖެއަށް އިތުރު ހައްޖު ކޯޓާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910