ހުކުރު ދުވަހު ފަށާ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރަން ތައްޔާރުވާ ގައުމީ ބާސްކެޓް ޓީމު ކުޅުނު އެކުވެރިކަމުގެ ދެ ވަނަ މެޗު ވެސް ކާމިޔާބުކޮށްފި އެވެ.
ތައިލެންޑްގެ ގޯލްޑަން ޝާކްސް އަތުން ބާސްކެޓް ޓީމު މޮޅުވީ 80-50 ޕޮއިންޓުންނެވެ.
ރާއްޖޭގެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ މޮޅުވީ ތައިލެންޑްގެ ބުރަފާ ޔުނިވަސިޓީ ޓީމު އަތުންނެވެ.
ބާސްކެޓް ޓީމުގެ ކޯޗަކީ ތަޖުރިބާކާރު ކޯޗު މުހައްމަދު ފަޔާޒެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ރާއްޖެ ނުކުންނައިރު މުބާރާތުގައި ވާދަކުރަންޖެހޭ ގައުމުތައް އަދި ނޭނގެ އެވެ.