ކެނދިކުޅުދޫ

ކެނދިކުޅުދޫ ގޭދޮށު މަަސް ފެކްޓަރީ ހަދަން ހަވާލުކޮށްފި

ނ. ކެނދިކުޅުދޫގައި ހެދުމަށް ހަމަޖެހިފައިވާ ގޭދޮށު މަސް ފެކްޓަރީގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.

ހަތް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޝަރުތުކޮށް މިމަސައްކަތް ހަވާލުކޮށްފައިވަނީ ހަނދު އިންވެސްޓްމަންޓަށެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ކެނދިކުޅުދޫގައި ގޭދޮށު މަސް ފެކްޓަރީ އެޅުމަށް ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރީ ފެބްރުއަރީ 2021 ގައެވެ.

ކެނދިކުޅުދޫ ގޭދޮށު މަސް ފެކްޓަރީއަށް 4.4 މިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވާއިރު މިއީ އެ ކައުންސިލުން މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށް ކެނދިކުޅުދޫ ކައުންސިލުން ބުނެ އެވެ.

ރަށް ރަށުގައި ގޭދޮށު މަސް ފެކްޓަރީ ހެދުމަކީ މިސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިއްމު ވައުދެކެވެ.

ގޭދޮށު މަސް ފެކްޓަރީ އެޅުމަށް އައްޑޫ ސިޓީ ކައުންސިލުން އަދި ގދ. ގައްދޫ ކައުންސިލުން ވެސް މީގެކުރިން ބޭރުގެ ދެ ކުންފުންޏަކާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވެ އެވެ.