ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ލަންކާގެ ރައީސްއާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަ ސިންހައާ ބައްދަލުކުރައްވައިފި އެވެ.

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންނެވީ އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންނެވި މަގުމަތީގައި އިންޑިއާއަށް ވެސް ވަޑައިގަތުމަށްފަހު އެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ އެމަނިކުފާނު އެމަނިކުފާނު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ކްލައިމެޓް ފޯރަމްގައި ކުރިއަށް ދިޔަ ކަންކަމުގެ މައުލޫމާތު ހިއްސާކުރައްވާ ރަނިލްއާ އެކު މަޝްވަރާ ކުރެއްވި ކަމަށެވެ.

އެމެރިކާއަށް ރައީސް ނަޝީދު ވަޑައިގެންނެވީ މިމަހުގެ 12 އިން 17 އަށް ވޮޝިންޓަންގައި ކުރިއަށް ދިޔަ ވަލްނަރަބްލް-20 މާލީ ވަޒީރުންގެ 10 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.

މި ފޯރަމަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ކްލައިމެޓް ވަލްނަރަބްލް ފޯރަމް ގުޅިގެން ބޭއްވި ފޯރަމެކެވެ.