ދުނިޔެ

ސުލަހަވުމަށް ސިފައިންގެ ވެރިޔާ ބުރުހާން ގޮވާލައްވައިފި

ސޫދާންގައި މިހާރު ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތައް އިތުރުވިޔަ ނުދިނުމަށް މަޝްވަރާކުރެއްވުމަށް އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހް އަލްބުރުހާން ގޮވާލައްވައިފި އެވެ.

ހަމަލާތައް އިތުރުވެދާނެ އެއްވެސް ކަމެއް ނުކުރުމަށްވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

ޖެނެރަލް ބުރުހާން ވިދާޅުވި ގޮތުގައި ހަމަލާތައް އެންމެ ފުރަތަ ފެށީ ވަކިވެގަތުމަށް މަސައްކަތްކުރާ "ރެޕިޑް ސަޕޯޓް ފޯސަސް" އިން އެވެ. މިއީ އަސްކަރިއްޔާގައި ކުރިން މަސައްކަތްކުރި ޖެނެރަލުން ގުޅިގެން އުފައްދާފައި އޮތް ގަވާއިދާ ޚިލާފު އަސްކަރީ ބާރެކެވެ.

ސައޫދީ އަރަބިއްޔާގެ އަރަބިއްޔާ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ބުރުހާން ވިދާޅުވީ ދާޚިލީ ހަމަނުޖެހުންތައް ދިގުދެމިގެން ދާން ދޫކޮށްލައިފިނަމަ އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ސޫދާންގެ އާންމު ރައްޔިތުންނަށް ކަމަށެވެ.

މަސްލަހަތު އޮތް ދިމާއަކަށް މިސްރާބުޖެހޭނީ ބުރުހާން ވިދާޅުވި ގޮތުގައި މަޝްވަރާ މޭޒުދޮށަށް ޖަމާވެގެންނެވެ.

ސޫދާންގެ އާންމު ހާލަތު މިހާރު ވެސް އޮތީ ވަރަށް ދަށު ދަރަޖައެއްގައި ކަމަށް ބުރުހާން ވިދާޅުވި އެވެ. އަދި މިގޮތުގައި ސުލްހަ ގެއްލުވާލަން ދޫކޮށްލައިފިނަމަ ގައުމުގައި ނެތް ފަދައަކުން އާބާދީއަށް ހޭދަނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ބައިނަލްއަގްވާމީ ޖަމާއަތްތަކުން ސޫދާނަށް ޚާއްސަ އިނާޔަތްތަކެއް ދެއްވުމަށްވެސް ބުރުހާން އެދިވަޑައިގެންނެވި އެވެ. އަދި ސުލްހަ ގާއިމުކުރުމަށް މަސައްކަތްކުރާ ޖަމާއަތްތަކުން، ސޫދާންގައި ސުލްހަ ގާއިމުކުރެވެން ހުރި ދޮރުތައް ހުޅުވައި ދެއްވުމަށްވެސް އޭނާ އެދިވަޑައިގެންނެވި އެވެ.

ސޫދާންގައި ސަރުކާރުގެ ސިފައިންނާއި އަދި ވެރިކަމަށް ވާދަކުރާ އަސްކަރީ ޖަމާއަތަކާ ދެމެދު ހަމަލާތައް ބަދަލުކުރަން ފެށިފަހުން މަރުވި އާންމުގެ އަދަދު މިހާރު ތިން އަދަދަށް ވަނީ އަރާފަ އެވެ. އެކިވަރުގެ އަނިޔާ ލިބުނު މީހުންގެ އަދު އުޅެނީ ދެހާހުން މަތީގަ އެވެ.