ފިނިޕޭޖް

ރަޔާން އާއި ރޮބްގެ ކްލަބް އިންގްލިޝް ފުޓްބޯލް ލީގަށް

އެކްޓަރުން އަދި ވިޔަފާރިވެރިން ކަމުގައިވާ ރަޔާން ރެނޯލްޑްސް އާއި ރޮބް މެކްއެލްހެނީގެ ވޭލްސްގެ ރެކްސްހެމް ފުޓްބޯލް ކްލަބް އިންގްލިޝް ފުޓްބޯލް ލީގަށް ޕްރޮމޯޓްވެއްޖެ އެވެ.

މި ޕްރޮމޯޝަނާ އެކު އަންނަ ސީޒަންގައި ރެކްސްހެމް ވާދަކުރާނީ އިންގްލިޝް ފުޓްބޯލް ލީގްގެ ހަތަރު ވަނަ ބަރި، ލީގް 2 ގައެވެ.

މިފަދަ ތިން ޕްރޮމޯޝަން ލިބިއްޖެނަމަ މި ޓީމް އިންގްލިސް ޕްރީމިއާ ލީގަށް ހޮވޭނެ އެވެ. މިއީ ހާސިލްކުރަން ވަރަށް ދަތިކަމަކަށް ވާނެއެވެ.

ރެކްސްހެމް އިންގްލިޝް ފުޓްބޯލް ލީގަށް ޕްރޮމޯޓް މިވީ 15 އަހަރުގެ މެދުކެނޑުމަކަށްފަހު އެވެ. 2008 ގައި މި ޓީމު ވަނީ އިންގްލިޝް ފުޓްބޯލް ލީގުން ނެޝަނަލް ފުޓްބޯލް ލީގަށް ވެއްޓިފަ އެވެ.

ރަޔާން އާއި ރޮބް މި ޓީމް ފެބްރުވަރީ 2021 ގައި ގަތުމަށްފަހު ފުރަތަމަ ސީޒަނަށް ޑޮކިއުމެންޓްރީއެއް ހެދުމުން ވޭލްސްގެ ވެކްސްހެމް ސިޓީ ވަނީ މަޝްހޫރުވެފަ އެވެ. އަދި މި ދެ ތަރިންނާއި ފުޓްބޯލް ޓީމުގެ މެންބަރުންގެ ހިތްވަރާއި މަސައްކަތުންނާއި ސަޕޯޓަރުންގެ ހިތްވަރުން، މި ޓީމި މިއަދު މިދަނީ ކާމިޔާބީތަކެއް ހޯދަމުންނެވެ.