ހޮލީވުޑް

އޮލިމްޕިކްސް ނިންމުމުގެ ރަސްމިއްޔާތުގައި ޓޮމް ކްރޫޒް ފެނިގެންދާނެ

ޓޮމް ކުރޫޒް
0%
0%
0%

ޕެރިހުގައި ކުރިއަށްދާ އޮލިމްޕިކްސް ނިންމުމުގެ ރަސްމިއްޔާތުގައި ހޮލީވުޑްގެ ލެޖެންޑް ޓޮމް ކްރޫޒް ފެނިގެންދާނެ އެވެ.

އޮލިމްޕިކްސް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.

ޓޮމް ކުރޫޒްގެ ހުނަރުން ފުރިގެންވާ އައިޓަމެއް އޮލިމްކްސް ނިންމުމުގެ ރަސްމިއްޔާތުގައި ފެނިގެންދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވުނަސް އޮލިމްޕިކް އިންތިޒާމު ކުރާ ފަރާތްތަކުން އަދި ޓޮމް ކުރޫޒްވެސް އަދި މިކަމާ ގުޅޭ ގޮތުން ވާހަކަދައްކާފައެއް ނުވެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޓޮމް ކުރޫޒް ތައްޔާރުވަނީ އޮލިމްޕިކްސް ނިންމުމުގެ ރަސްމިއްޔާތުގައި ސްކައި ޑައިވިން ސްޓަންޓް ޖެއްސުމަށެވެ. އެކަމަށް ތައްޔާރުވުމުގެ ގޮތުން އޭނާ ފަރިތަކުރާތާ މަސްތަކެއް ވެއްޖެ ކަމަށްވެ އެވެ.

ސްކައި ޑައިވިން ސްޓަންޓްތަކެއް ޓޮމް ކުރޫޒް ހަދަމުން ދަނިކޮށް ބަޔަކު ވަނީ އެ މަންޒަރުތައް ރެކޯޑްކޮށް ސޯޝަލްމީޑިއާގައިވެސް އާންމުކޮށްފަ އެވެ. އެހެންވެ ޓޮމް ކުރޫޒްގެ ހުނަރުން ފުރިގެންވާ އައިޓަމެއް އޮލިމްޕިކްސް ނިންމުމުގެ ރަސްމިއްޔާތުގައި ފެންނާނެ ކަމަށް ބަލައި އޭނާގެ ސަޕޯޓަރުން ދަނީ އެކަމަށް އިންތިޒާރު ކުރަމުންނެވެ.

އޮލިމްޕިކްސްގެ ކުޅިވަރުތައް ނިމުމަކާ ގާތްވެފައިވާއިރު ޓޮމް ކްރޫޒު މިވަގުތު ހުރީ ޕެރިސްގައި ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910