ފިނިޕޭޖް

ޕްރޮފެޝަނަލް ކާރު ޑްރައިވަރު ޖޭންގެ ހަޔާތަށް ފިލްމެއް

ސޮނީ ޕިކްޗާސް އާއި ކޮލަމްބިއާ ޕިކްޗާސްގެ "ގްރޭން ޓުރިސްމޯ"ގެ ސްނީކް ޕީކް ދައްކާލައިފި އެވެ.

މި ފިލްމަކީ ޕްލޭ ސްޓޭޝަން ސްޓޫޑިއޯސް ވީޑިއޯ ގޭމް އާއި އިނގިރޭސި ވިލާތުގެ ރޭސިން ޑްރައިވާ ޖޭން މާޑެންބަރޯގެ ހަޔާތަށް ހަދާފައިވާ ފިލްމެކެވެ.

ޓީނޭޖް ޖޭން ގްރޭން ޓުރިސްމޯ އަކީ ވަރަށް ހުނަރުވެރި ގޭމަރެކެވެ. އަދި ގޭމަރެއްގެ ގޮތުން ނިސާން މުބާރާތްތަކަކުން މޮޅުވެ، ޕްރޮފެޝަނަލް ރޭސް ކާރު ޑްރައިވަރަކަށް ފަހުން ވަނީ ބަދަލުވެފަ އެވެ.

މި ސްޕޯޓްސް ޑްރާމާގެ ކާސްޓްގައި ޑޭވިޑް ހާބަރ، އޯލަންޑޯ ބްލޫމް، އާޗީ މެޑެކްވެ، ޑެރެން ބާނެޓް، ޖެރީ ހަލެވެލް ހޯނާ އަދި ޖައިމަން ހޮންސޫ ހިމެނެ އެވެ. މިގޮތުން ޖޭންގެ ރޯލް އަދާކުރާނީ އާޗީ އެވެ.

ނީލް ބްލޫމްކެމްޕް ޑައިރެކްޓްކުރާ މި ފިލްމްގެ ސްކްރީންޕްލޭ ލިޔެފައިވަނީ ޖޭސަން ހޯލް އެވެ.

މި ފިލްމްގެ ޝޫޓިން މިދިޔަ އަހަރުގެ ނޮވެމްބަރުގައި ހަންގޭރީގައި ފަށައި، މިދިޔަ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ވަނީ ނިންމާލާފަ އެވެ.

މި ފިލްމު ސިނަމާތަކަށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮގަސްޓް 11 ވަނަ ދުވަހު އެވެ.