ހޮލީވުޑް

ޑޮކިއުމެންޓަރީ ވެގެންދިޔައީ ތެރަޕީއަކަށް: ބެކަމް

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ ޑޮކިއުމެންޓްރީ ހެދުމުގެ ތަޖުރިބާ ވެގެން ދިޔައީ ތެރަޕީއަކަށް ކަމަށް އޭނާ ބުނެފި އެވެ.

ނޫހަކަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން އޭނާ ބުނީ "ބެކަމް" ޑޮކިއުމެންޓްރީ ފިލްމު ކުރުމުގެ ތެރެއިން އޭނާގެ ނަފްސާނީ ބަލިތަކުން އަރައިގަތުމަށް އެހީ ލިބުނު ކަމަށެވެ. އަދި އެހެން މީހުންގެ ލޮލުގައި އަދި އަމިއްލަ ނަފްސަށްވެސް ހިތްވަރުގަދަ މީހެެއްގެ ގޮތުގައި ފެނުމަށް އޭނާ ބޭރުނުކޮށް ހުރި ގިނަ އިހްސާސްތައް އެނގުނީ ޑޮކިއުމެންޓްރީ ޝޫޓް ކުރަން ފެށުމުން ކަމަށް ބުންޏެވެ.

"އަހަރެންނަށް ދަސްވެފައިވީ ހިތްވަރުގަދަ މޫނެއް ދައްކާ، އެ އިހްސާސްތައް ބޭރުނުކުރުމަށް،" ބެކަމް ބުންޏެވެ.

ބެކަމް ބުނީ އޭނާގެ ކެރިއަރާ މެދު ވިސްނާލުމުން ދެރަވެ، ކުށްވެރިއެއްގެ އިހުސާސްކުރެވޭ ކަމަށެވެ. ނަމަވެސް ޑޮކިއުމެންޓްރީގެ ސަބަބުން ގިނަ ކަންތަތަކާމެދު ވިސްނާލެވި، އަމިއްލަ ނަފްސަށް މާފުކުރަން ފަސޭހަވި ކަމަށެވެ.

ބެކަމްގެ ޑޮކިއުމެންޓްރީ ސީރީޒްއަކީ މިދިޔަ އަހަރުގެ ތެރޭގައި ޕްރިމިއާ ކުރި ސީރީޒް އެކެވެ.

މި ޑޮކިއުމެންޓްރީގައި އޭނާގެ ފުޓްބޯޅަ ކެރިއާ ފެށުނީއްސުރެ މިހާރާ ހަމައަށް އައި ގޮތުގެ ވާހަކަ ކިޔައިދީ، ކުރިން ފެނިފައި ނުވާ އޭނާގެ ކެރިއަރާ ގުޅޭ އެކި މަންޒަރުތައް ފެނިގެންދެ އެވެ.