ކެޔޮދޫ

ކެޔޮދޫ މިސްކިތަށް ގެއްލުން ދިނުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

Apr 25, 2023
1
ވ. ކެޔޮދޫ މަގެއްގައި ބަޔަކު މަޑުކޮށްލައިގެން
0%
0%
0%

ވ. ކެޔޮދޫ މިސްކިތްތަކުގެ ހަތިމުތައް ވީދައި، މިސްކިތަށް ގެއްލުން ދިނުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިމައްސަލައިގެ ތުހުމަތުގައި 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކެޔޮދޫ ކައުންސިލް އިދާރާ އިން ބުނީ ރޭ ހައްޔަރުކުރި މީހާއަށް ހަތިމުތައް ވީދާލި ކަމުގެ ތުހުމަތު ބައެއް މީހުން ކުރި ނަމަވެސް ކައުންސިލުން އެފަދަ ތުހުމަތެއް ނުކުރާ ކަމަށެވެ. އޭނާ ހައްޔަރުކުރީ މިސްކިތަށް ގެއްލުން ދިނުމުގެ ތުހުމަތުގައި ކަމަށްވެސް ބުންޏެވެ.

ކެޔޮދޫ މިސްކިތުގައި ހުރި ހަތިމުތަކުގެ ތެރެއިން 10 ހަތިމެއް އެންމެ ފުރަތަމަ ވީދާލީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

ކެޔޮދޫ މިސްކިތުގައި ހުރި ހަތިމުތަކުގެ ތެރެއިން 20 ހަތިމެއް ދެވަނަ ފަހަރަށް އަނެއްކާވެސް ވަނީ ވީދާލާފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910