ވ. ކެޔޮދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލު މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
ހޯލު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު މެންދުރުފަހު ކެޔޮދޫއަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ގައެވެ.
ކެޔޮދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލު ރަސްމީކޮށް ހުޅުއްވައިދެއްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ހޯލު ބައްލަވާލައްވާފަ އެވެ.
ހޯލު ހުޅުވިގެން ދިޔައިރު ކެޔޮދޫ ސްކޫލަށް ޖާގަ އިތުރު ކުރުމުގެ ގޮތުން ދެ ބުރީގެ އިމާރާތެއްގައި އިތުރު ކްލާސްރޫމުތަކެއް އިމާރާތްކުރުމުގެ މަސައްކަތްވެސް މިވަގުތު ހިނގަމުން އެބަދެ އެވެ.