ފުވައްމުލައް

ފުވައްމުލަކުގައި މަލްޓި ޕާޕަސް ހޯލަކާއި ފުޓްބޯޅަ ދަނޑެއް ހުޅުވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ފުވައްމުލަކު ސްކޫލުގެ މަލްޓިޕާޕަސް ހޯލާއި، ފުވައްމުލައް ސިޓީ ދޫޑިގަން ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވައިފި އެވެ.

ރައީސް ސޯލިހް ފުވައްމުލަކު ސްކޫލުގެ މަލްޓިޕާޕަސް ހޯލާއި ދޫޑިގަން ފުޓުބޯޅަދަނޑު ހުޅުއްވައި ދެއްވީ، އެމަނިކުފާނު މިއަދު ފުވައްމުލައް ސިޓީއަށް ކުރެއްވި ކެމްޕޭން ދަތުރެއްގެ ތެރެއިންނެވެ.

ފުވައްމުލަކު ސްކޫލުގެ މަލްޓިޕާޕަސް ހޯލު އިމާރާތްކުރުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ، އިނޯކާ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.

ދިރާސީ އައު އަހަރު ފެށޭއިރު މި އިމާރާތް ބޭނުން ކުރަން ފެށޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ފުވައްމުލައް ސިޓީ ދޫޑިގަން އަވަށުގައި ސަރުކާރުން ތަރައްގީ ކުރި ފުޓުބޯޅަ ދަނޑަކީ ޓާފްއަޅައިގެން އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ.