ކަނޑުމަތީގެ ހާދިސާ

ލޯންޗް އެކްސިޑެންޓްގައި ނިޔާވީ ސާސޭގެ ވެރިޔާ ސައުދުﷲ

ކ. ފޭދޫފިނޮޅު ކައިރީގައި މިއަދު ހިނގި ލޯންޗް އެކްސިޑެންޓްގައި ނިޔާވީ ރާއްޖޭގައި ފާހަގަކުރެވޭ ކުންފުންޏެއް ކަމަށް ސާސޭ ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ އަހްމަދު ކަމަށް އެނގިއްޖެ އެވެ.

ސައުދުﷲ ނިޔާވީ ލޯންޗް އެކްސިޑެންޓަށްފަހު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

ބ. ކުޑަރިކިލަށް އުފަން އުމުރުން 53 އަހަރުގެ ސައުދުﷲގެ ކުންފުންޏަކީ އިމާރާތް ކުރުމުގެ ދާއިރާގެ އިތުރުން ބިން ހިއްކުމާއި ބޮޑު ހިލަ ޖެހުމުގެ މަސައްކަތުގައި ފާހަގަކުރެވޭ ކުންފުންޏެކެވެ.

މިއަދު ހަވީރު 4:42 ހާއިރު ހިނގި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މިކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުންގެ އިދާރާ އިން އަދި ހާމަކޮށްފައެއް ނުވެ އެވެ.