އެމްޑީޕީ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ އެމްޑީޕީން ބޮއިކޮޓްކޮށްފި

Feb 3, 2016
8
މަޖިލީޙުގެ ޖަލްސާއެއްގައި އެމްޑީޕިގެ މެންބަރުންތަކެއް ރިޔާސަތަށް ހުރަސް އަޅަނީ: މާދަމާގެ ޖަލްސާއަށް އެމްޑީޕީގެ މެންބަރުން ނުދާނެ
0%
0%
0%

ރައްޔިތުން މަޖިލިސް މި އަހަރަށް ހުޅުވައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް މާދަމާ ދާރުބާރުގޭގައި ބާއްވާ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ބައިވެރިނުވާ ގޮތަށް ނިންމާއި އެ ޖަލްސާ ބޮއިކޮޓްކޮށްފި އެވެ.

އެމްޑީޕީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް އިއްވަން ގާނޫނު އަސާސީގެ 84 ވަނަ މާއްދާއިން ލާޒިމްކޮށްފައިވާ ރިޔާސީ ބަޔާން، ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން އިއްވެވުމުގެ ބަދަލުގައި ދަރުބާރުގެއަށް ވަޑައިގެން އެ ބަޔާން އިއްވެވުމަށް ނިންމަވާފައިވާތީ އާއީ ރައީސް ޔާމީން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އަދި ރައްޔިތުންނާ މުހާތަބުކުރައްވައި ދައްކަވާ ވާހަކަފުޅުތަކަކީ އެއްވެސް އަގެއް ނެތް ބަސްފުޅުތަކަކަށްވާތީ ރައްޔިތުންގެ މަޖިލީހަށް ވަޑައިނުގެން ދަރުބާރުގޭގައި މަޖިލިސް ބާއްވަވައި ރިޔާސީ ބަޔާން އިއްވަވާ ޖަލްސާއަކަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ހާޒިރު ނުވާން ނިންމީ ކަމަށެވެ.

އެ ބަޔާނުގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ ބަދަލުގައި ދަރުބާރުގެއަށް ރައީސް ވަޑައިގެން ރިޔާސީ ބަޔާން އިއްވެވުމަށް ނިންމަވާފައި ވަނީ މަގުބޫލު އެއްވެސް އުޒުރެއް ނެތި ކަމަށާއި ރިޔާސީ ބަޔާން އަޑުއެއްސެވުމަށް ރައީސް ޢަބްދުﷲ ޔާމީނުގެ ފަހަތްޕުޅުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ގޮތަށް ވެރިކަމުގެ ނިޒާމު ހަރާބުކޮށްފައިވާ ކަމަށާއި ރާއްޖޭގެ ވެރިކަމުގެ ނިޒާމު މިހާރު ހިނގަމުން މިދަނީ ހުދުމުހުތާރުގޮތެއްގައި ތިން ބާރު އެއްކުރައްވައިގެން ކަމަށެވެ.

މީގެ އިތުރުން ރާއްޖެއަށް ސިޔާސީ ހައްލެއް ހޯދަން މި ސަރުކާރު ނުކުޅެދިފައިވާ ކަމަށާއި ރާއްޖެއާއި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތާމެދު ރައީސް ޔާމީން ދައްކަވާ ވާހަކަފުޅާ އަމަލު ބަހައްޓަވަމުން ނުދާތީ ރާއްޖެއާއި ރައްޔިތުންގެ ޙާލަތު ދުވަހުން ދުވަހަށް ދަށަށްގޮސް ރައްޔިތުން ހާލު ޖެހެމުންދާ ކަމަށެވެ.

މިދިއަ އަހަރު ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވެވުމަށް ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމުން އެމްޑީޕީގެ މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވާ ހަޅުތާލެއް ކޮށްފައެވެ.

8 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މާޒިން

ރިޔާސީ ބަޔާނުގައި އިއްވަވާނެ މެސެޖްތަކަށް އެމްޑީޕީ އަކަށް ކެތްނުކުރެވޭނެ! ހޯއްދަވާފައިވާ ކުރިއެރުމާއި ޕްލޭންތަކަށް ބުނާނެ އެއްޗެއްނެތީމަ ބޮއިކޮޓް އަކީ އެންމެ ފަސޭހަގޮތް!

މެޑިކަލްސް

ރިޔާސީ ބަޔާން އިއްވާ ޖަލްސާ އިން އަޑު އިވިގެން ދާނެ ކަމަށް އަޅުގަނޑުމެން ދެކެނީ މިރާއްޖޭގެ ސިއްޚީ ދާއިރާ ކުރިއެރުވުމަށް ޓަކައި އައިޖީއެމްއެޗްގެ ދެކުނުން އޮތް ހުސްބިމުގައި 20 ބުރީގެ ހޮސްޕިޓަލެއް އިމާރާތް ކުރުމަށް ޓަކައި. އައިޖީއެމް އެޗްގެ ދެކުނުން އޮތް ހުސް ބިމުގައި 20 ބުރިއަށް ހޮސްޕިޓަލެއް އިމާރާތް ކުރުމަށް ފަހު އެތަނާއި އައި ޖީއެމްއެޗް އާއި ދެމެދު ބްރިޖް ތަކުން ގުޅުވާލާ އެބަޖެހޭ މާލޭގެ ޖެނެރަލް ހޮސްޕިޓަލް ނަމުގައި ހޮސްޕިޓަލެއް ހުންނަން. އައިޖީއެމްއެޗް އެއީ ސަރުކާރުގެ ހޮސްޕިޓަލެއް ކަމަށް އެތަނުގެ ނަމުން އެއްގޮތަކަށް ވެސް ދޭހަ ނުވެއެވެ. ކަން މިހެން ހުރުމުން މިކަން އެބަޖެހޭ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިއްވާ ރިޔާސީ ބަޔާނުގައި އަލިއަޅުވާލަން..

އެކްސްޕެކްޓް

މިފަހަރު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިއްވާ ރިޔާސީ ބަޔާން ގައި ވަރަށް މުހިއްމު ކަމެއް އެބަޖެހޭ ގެނެސްދެއްވަން ސަރުކާރުން. އެކަމަކީ އެއީ މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ލިބިފައި ނެތް ފަރާތް ތަކަށް މިއަހަރު ނިމެންވާއިރަށް ބޯހިޔާ ވަހިކަން ލިބޭނެ ކަމުގެ ލިޔުން ސަރުކާރުން އެކަމަށް އެދިފައިވާ 16 ހާހަށް ވުރެން ގިނަ ފަރާތް ތަކާއި ހަވާލު ކުރުމަށް ފަހު އާ ބުރެއް އަނެއްކާ ހުޅުވާލުމެވެ. އެއިރުން އެންމެ ގިނަ އަދަދެއްގެ ރައްޔިތުން އެއްކަމަކަށް އެދިފައިވާ ކަން ސަރުކާރަށް ފުރިހަމަ ކޮށްދެވުނީ ކަމަށް ރައްޔިތުން ނިންމާ ސަރުކާރާއި އެކު ރައްޔިތުން ސްޓޭންޑް ބައިގައި ތިއްބަވާނެއެވެ. މިކަން މިފަހަރު ރިޔާސީ ބަޔާން ގައި އަޑުއިވިގެން ދާނެ ކަމަށް އަޅުގަނޑުމެން ވަރަށް ދެކޭ ހިތް ވެއެވެ.

ވާނެގޮތް

ދަރުބާރުގޭގައި ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބާއްވާތީވެ އެޖަލްސާ ބޮއި ކޮޓް ކުރަން އެމްޑީޕީން ނިންމި ނިންމުމަކީ އެއީ ވަރަށް ޒިންމާދާރު ކަން ކުޑަ ނިންމުމެކެވެ. އެކަމުގެ ބައުންސް ބެކް އެމްޑީޕީ އަށް ލައްވާލާނެއެވެ. އެއީ މިއަހަރު އެމްޑީޕީ އަށް ހޮވިފައިވާ އެމްޕީންގެ ތެރޭން މަދުވެގެން 6 އެމްޕީން އެމްޑީޕީ ދޫކޮށް ގޮސް ސަރުކާރުގެ ޕީޕީއެމް އާއި ގުޅޭނެއެވެ. މިއަދުގެ ޖަލްސާ އަށް ވެސް ދާނެ އެމްޑީޕީގެ ބަޔެއް އެމްޕީން ތައް. އެއެމްޕީން ތަކަކީ އެއީ އެމްޑީޕީ ދޫކޮށް ދާނެ އެމްޕީން ތަކެވެ. މިކަން ފެނިގެން ދާނެ މިއަދުގެ މެންދުރުގެ ޚަބަރު ތަކުން. ބަލަން ތިބޭ ބަޔަކަށް މިތަން ފެނިގެން ދާނެއެވެ. އެމްޑީޕީ އަކީ މިއަދު ސިޔާސީ ގޮތުން ބާރެއް އޮތް ބަޔެއް ނޫނެވެ. އަދި ވެރިކަމުގައި ތިބި ބަޔެއް ނޫނެވެ. ދެން އެމީހުންނަށް ސަރުކާރަށް ޗެލެންޖް ނުކުރެވޭނެއެވެ. އެއީ ވާނެ ކަމެއް ނޫނެވެ. އެމްޑީޕީން ބޮއިކޮޓް ކޮށްފައި އޮތްވާ ނޫންތޯ މިއަހަރުގެ ދައުލަތުގެ ބަޖެޓް ވެސް ޕީޕީއެމް އެމްޑީއޭ އަދި ޖޭޕީ ހިމެނޭ ކޯލިޝަން އިން ފާސް ކުރީ. އަދާލަތު ޕާރޓީ އަކީ މިތާނގައިވާ ވެސް ޕާރޓީ އެއް ނޫނެވެ.

ބައުންސްބެކް

ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވާ ޖަލްސާ އެމްޑީޕީން ބޮއި ކޮޓް ކުރީ އެއީ މިސަރުކާރުން ރާއްޖޭގެ އިގްތިސާދު ތަރައްގީ ކުރަމުންދާ ހަލުވި ސްޕީޑް އެމްޑީޕީ އަށް ޑައިޖެސްޓް ކުރަން އުނދަގޫވެ އީވާ މެން ފަދަ ބޭފުޅުންނަށް އެ ޚަބަރު އަޑު އިވިފައި މޮޔަ ވެދާނެތީއެވެ. އެއީ އެއްވެސް މައްސަލަ އެއް ނޫނެވެ. އެމްޑީޕީ އަށް މިރާއްޖޭގައި ރިޔާސީ ނިޒާމެއް ވޯޓްލާ ރައްޔިތުންގެ 50 އިން ސައްތަ އަށް ވުރެން މަތީ އަދަދަކުން ވޯޓް ހޯދައިގެން ވެރިކަމަށް އަންނަން ޖެހޭ ނަމަ ވޯޓްގައި މަކަރާއި ހީލަތް ނަހަދާހާ ހިނދަކު އެމްޑީޕީ އަށް ރާއްޖޭގެ ވެރިކަމަށް ނާދެވޭނެއެވެ. 2008 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައީ އެއީ ވެސް ވޯޓް ގުނުމުގައި އެއިރު އިލެކްޝަންސް ކަމިޝަންގައި ތިބި އެމްޑީޕީގެ އެޖެންޓުން ތައް ވޯޓް ގައި މަކަރާއި ހީލަތް ހަދައިގެން ކަމަށް މުޅި ރާއްޖޭގަައި އެވާހަކަ ދެއްކޭތީވެ އެއީ ވެސް މިހާރު ހަގީގަތާއި ކައިރި ކުރާ ކަމެއް ކަން ގިނަ ރައްޔިތުންނަށް ދަނީ ފަޅާ އަރަމުންނެވެ. 3 އަހަރު ދުވަހުން ވެރިކަން ވެއްޓުނީ އެއީ 30 ހާސް ވޯޓްގައި މަކަރު ހެދިފައި ހުރުމުންނެވެ. އެއީ އޭގެ ބައުންސް ބެކް އަކީ..

ޓާރމިނޭޓް

ރިޔާސީ ބަޔާން އިއްވާ ޖަލްސާ އެމްޑީޕީން ބޮއި ކޮޓް ކުރި ކަމުގައި ވިޔަސް ޕީޕީއެމް އެމްޑީއޭ ކޯލިޝަން ގެ ވެރިކަމުގައި ރިޔާސީ ބަޔާން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިއްވާނެއެވެ. ޕީޕީއެމް އެމްޑީއޭ ކޯލިޝަން މިރާއްޖޭގެ ވެރިކަމަށް އައީ އެއީ އެމްޑީޕީން ބުނާ ގޮތަށް ވެރިކަން ކުރާ ކަށް ނޫނެވެ. ޕީޕީއެމް އެމްޑީއޭ ކޯލިޝަން ވެރިކަމަށް އައީ އެއީ ޕީޕީއެމް އަދި އެމްޑީއޭ މެމްބަރުން ބުނާ ގޮތަށް ވެރިކަން ކުރާށެވެ. އެކަން ކުރާނެއެވެ. ރިޔާސީ ބަޔާން ވެސް އިއްވާނެއެވެ. އެމްޑީޕީގެ އީވާ މެންނަށް އަދި ތިޔާ އުޅެވެނީ ކުޑާ ކޮށް ސައިޒު އޮޅިގެންނެވެ. އީވާ މެން އެމްޑީޕީ އައުމުގެ ކުރިން މިގައުމަށް ކޮށްދިން ޚިދްމަތެއް ވެސް ނޯންނާނެއެވެ. ސަރުކާރުގައި ދުވަހަކު ވެސް އުޅުނު މީހެއް ނޫނެވެ. އީވާ މެން ޑައިރެކްޓް ކުރާ ގޮތަށް އެމްޑީޕީ ގެންދާނަމަ އެޑައިރެކްޝަން އަށް ރިއެކްޝަންސް ތައް ނެރެލާނެ މިސަރުކާރުން އީވާމެންގެ ޑައިރެކްޝަންސް ތައް ފްލޮޕް ވަން ދެން. މިއަހަރުގެ ޓާސްކް އަކީ އެއީ ޓާރމިނޭޓް ދެމް އެވެ. ތިޔާ އެމްޑީޕީ މިއަހަރު މެދު ޖެހޭ ތަނުން ތިން ފަޅި އަށް ފަޅައިގެން ދާނެއެވެ. އޭގެ ކުލަވަރު މިހާރު ފެނިގެން މިދަނީ...

ނަސީމް

އުފާވެރިހަބަރެއް އެއްގޮތަކައްވެސް ނުދިޔައިއްޔާރަގަޅީ މުސާރަފޮނުވާނަން ކައިގެން ގޭގަތިބޭ އޯކޭ އެއްނު

ޖަޑާ

87 ގޮނޑިން އެންމެ 22 ވަރަކަށްގޮނޑި ދިޔަޔަސް ނުދިޔަޔަސް މއީ ތަފާތު!!!- 22 އާއި 65 މިއީ ސަރުކާރަށް ރައްޔިތުންގެތާއީދު އޮތް މިންވަރުގެ ތަފާތު!!!!

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345