ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް މިރޭ އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވަނީ

އިނގިރޭސިވިލާތުގެ ރަސްކަމާ ރަސްގެފާނު ޗާލްސް ތިނެއް ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިރަސްމިއްޔާތު އޮންނާނީ މިމަހުގެ ހަވަނަ ދުވަހު އެވެ. ރައީސް ސޯލިހް އިނގިރޭސިވިލާތަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގަ އެވެ.

ރައީސް ސޯލިހް އިނގިރޭސިވިލާތަށް ކުރައްވާ މިދަތުރުފުޅުގައި ކޮމަންވެލްތު ގައުމުގެ ތަކުގެ ލީޑަރުން ބައިވެރިވާ ބައްދަލުވުމެއްގައިވެސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.

ޗާލްސްއަށް ރަސްކަން ލިބިވަޑައިގަތީ އެމަނިކުފާނުގެ މަންމަ އެލިޒަބަތު ދެވަނަ މިދިޔަ އަހަރުގެ ސެޕްޓެމްބަރު އަށްވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ.

ރާނީ އެލިޒަބަތުގެ ޖާނާޒާގައި ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންނެވި އެވެ.