ހަބަރު

މަޑިފުށީ ގޭގެއިން ވައްކަން ކުރަމުންދިޔަަ ބިދޭސީއަކު ހައްޔަރުކޮށްފި

Jan 24, 2015

ތ. މަޑިފުށީ ގޭގެއިން ވައްކަން ކުރަމުންދިޔަަ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ބިދޭސީ މީހާ ހައްޔަރު ކުރީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ފަތިހު އެ ރަށުގެ އާންމުންގެ އެހީތެރި ކަމާއެކު ކަމަށާއި އެމީހާ ހައްޔަރު ކުރި އިރު ވަގަށް ނަގާފައިވާ ގިނަ ޢަދަދެއްގެ ތަކެތި ވެސް ހޯދާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ގޭގޭގައި ހިއްކަން އަޅާފައިހުރި އަންނައުނާއި ކާބޯތަކެއްޗާއި މޯބައިލް ފޯނާއި ކުޑަކުދިން ކުޅޭ ސާމާނު ހިމެނެ އެވެ.