ރިނބުދޫ

ޖިންސީ ގޯނާގެ މައްސަލައެއްގައި ރިނބުދޫ ޓީޗަރަކު ހައްޔަރުކޮށްފި

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ދ. ރިނބުދޫ ސްކޫލޫގެ ގުރުއާން ޓީޗަރު ހައްޔަރުކޮށްފި އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ރިނބިދޫ ކައުންސިލްގެ ނައިބް ރައީސް އަޝްރަފް ހަސަން ވިދާޅުވީ ދެ ދުވަހެއްގެ ކުރިން ރަށުގެ ޓީޗަރު ހައްޔަރުކުރީ އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގަ އެވެ.

"ކައުންސިލަށް މިކަމާ ގުޅިގެން އިތުރު އެއްޗެއް ބުނަން އެނގޭނީ ފުލުހުން މައްސަލަ ބަލާފައި ބުނީމާ،" އަޝްރަފް ވިދާޅުވި އެވެ.

ފުލުހުން މިއަދު ބުނީ ސައުތު ސެންޓްރަލް ސަރަހައްދުގައި ހިމެނޭ ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް މިދިޔަ މަހުގެ 29 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މައްސަލައިގެ ތުހުމަތުގައި 38 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ރިނބުދޫ އިން ހައްޔަރުކޮށްފައިވާ މީހާ އަކީ ކުރިން އެރަށު ކައުންސިލަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރި މީހެކެވެ.

އޭނާ ރިނބުދޫ ސްކޫލުގެ ގުރުއާން ޓީޗަރެއްގެ ވަޒީފާ އަށް ބަދަލުވީ މީގެ ހަ އަހަރު ކުރިންނެވެ.