ކްރިމިނަލް ކޯޓް

ވަގު ނޫޓު ގެންގުޅުނު ދިވެއްސަކު ހައްޔަރުކޮށްފި

ވަގު ނޫޓު ގެންގުޅުނު ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށްޓަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ އަބްދުﷲ އަޝްރަފް ކިޔާ މީހެކެވެ.

ކްރިމިނަލް ކޯޓުން މިއަދު ވަނީ މި މީހާގެ ބަންދަށް ހަތް ދުވަސް ޖަހާފަ އެވެ.

އަޝްރަފްގެ ބަންދަށް ކޯޓުން މުއްދަތު ޖެހީ އޭނާއަށް ކުރާ ތުހުމަތާ ގުޅިގެން އެކަށީގެންވާ ހެކި ހުރެގެން ކަމަށް ބަންދު އަމުރުގައިވެ އެވެ. އެހެންވެ އޭނާ އަކީ ބަންދުގައި ބަހައްޓަންޖެހޭ މީހެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ވަގު ނޫޓް ގެންގުޅުނު މީހާއަށް ތުހުމަތުކުރާ އިތުރު ކުށްތަކެއް ހުރި ކަމަށްވެސް ކޯޓު އަމުރުން ފާހަގަވެ އެވެ.

ވަގު ނޫޓު ގެންގުޅުނު ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަކަށް މިފަހަކުން ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.