ހަބަރު

ދެ ރަށެއްގެ ސްކޫލު އިމާރާތް އަޅަން ހަވާލުކޮށްފި

ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން ދެ ރަށެއްގެ ސްކޫލުގެ އާ އިމާރާތް އެޅުމަށް އެމްއެސްބީ ކޮންސްޓްރަކްޝަނާއި އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކޮށްފި އެވެ.

މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަށް މިލިއަން ރުފިޔާ އަށް އެމްއެސްބީ ކޮންސްޓްރަކްޝަނާއި ހަވާލުކުރީ، ދ. އަތޮޅު މަދަރުސާގައި ހަ ކްލާސްރޫމްގެ ދެ ބުރި އިމާރާތެއް އެޅުމަށާއި، ށ. އަތޮޅު ތައުލީމީ މަރުކަޒުގައި ހަތަރު ކްލާސްރޫމްގެ ދެ ބުރި އިމާރާތެއް އެޅުމަށެވެ. އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލް އެވެ. އެސްއެމްބީ ކޮންސްޓްރަކްޝަންގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ، މޫސާ ނަސީރު އެވެ.

ވޯލްޑް ބޭންކް ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި ދެ މަސައްކަތް ކުރިއަށް އޮތް އަހަރެއްގެ ތެރޭގައި ނިންމާނެ ކަމަށް އެމްބީއެސް ކޮންސްޓްރަކްޝަނުން ވަނީ ބުނެފަ އެވެ.

ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ އެކި ސްކޫލްތަކުގައި ފަސް ޕްރޮޖެކްޓެއް މިއަހަރު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.